ބައެއް ގައުމުތަކުގައި އެއާޕޯޓްތަކުގައި ލަގެޖާއި އެއްޗެހި ގެއްލިގެން އުޅެން ޖެހެއެވެ. ބައެއް ފަހަރު ދުވަސްތަކަކަށްފަހު އެ ލަގެޖްތައް ފެންނައިރު، ނުފެންނަ އެތައް ލަގޭޖެއްވެސް އެބަހުއްޓެވެ. އަދި ބައެއް ލަގަޖްތަކުން ވައްކަން ކުރާ މައްސަލައަކީ ވެސް ބައެއް ގައުމުތަކުގައި އާއްމު ކަމެކެވެ.

ދާދިފަހުންވެސް މިވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. މިދިޔަ ހުކުރު ދުވަހު ރަޔަން އެއާގައި އިބީޒާ އިންޓަނޭޝަަނަލް އެއާޕޯޓުން މެޑްރިޑަށް ދިއުމަށް ދަތުރުކުރަން އޮތް ފްލައިޓަކަށް އަރުވަން ދިޔަ ލަގެޖަކުން ސްޕީކަރުތަކެއް ވަގަށް ނެގީ އެ ލަގެޖަށް އެރުވުމުގައި މަސައްކަތުގައި އުޅުނު މީހެކެވެ.

އެ މީހާ އެ ލަގެޖުން ސްޕީކަރު ވަގަށް ނަގާ ވީޑިއޯއެއް މީސް މީޑިއާގައިވެސް ދައުރުވަމުން އަންނައިރު، އެ މަންޒަަރު ވީޑިއޯކޮށްފައި ވަނީ އެ މަތިންދާ ބޯޓުގައި ދަތުރު ކުރަން އޮތް ފަސެންޖަރެކެވެ. އެ މީހާ އެ ސްޕީކަރު ލަގެޖުން ނަގާ އެޅީ ޖީބަށެވެ.

އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެއީ ފުރާވަރު އުމުރުގެ ކުއްޖެއްގެ ސްޕީކަރު ޖޯޑެކެވެ. މަންމަ އާއެކު ދަތުރުކުރަމުންދިޔަ އެ ކުއްޖާގެ ސްޕީކަރު ވަގަށް ނެގުމުން އެކަން ފުލުހުންނަށް އެންގުމުން، އެ މީހާ ވަނީ އެ ސްޕީކަރު ޖޯޑު އަނބުރާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، އެ މުވައްޒަފު އެތަނުގައި މަސައްކަތް ކުރަމުންދާތާ އަދި ވާނީ ތިން ދުވަސް ކަމަށެވެ. އަދި އެ މައްސަލާގައި އެ މީހާ ޖަލަށްލާނެ ކަމުގެ ބިރު އެބައޮތްކަމަަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމީ

    ތިވާނީއިބޫގެކަމަކަށް

    • ރާބޮޑޭ

      އެކަމަށް އެންމެ މަޝްހޫރުވެ ރާއްޖޭގެ އެންމެން ގޮވަނީ އެހެން ނަމެކެވެ