މަގުމަތިންދާއިރު މާބޮޑަކަށް ކަންކަމަށް ސަމާލުކަން ނުދެވޭކަމަށް ހެދެއެވެ. އެހެން ނަމަވެސް މީހަކު ފައިސާ ފަދަ އެއްޗެއް ބަހަނީ ކަމުގައިވާނަމަ އެކަމަށް ވަރަށް ގިނަ ބަޔަކު އިޖާބަ ދޭނެއެވެ.

އެގޮތުން ޗަައިނާގެ އަވަށެއްގައި މިވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. ޝިޖިއަޒުއަންގ އަވަށުގެ ރެއިލްވޭ ސްޓޭޝަނަށް ބަލި ތަންމަތީގައި އޮތް މަންމައަށް ކައިރިއަށް ދާން ދިޔަ މީހަކަށެވެ. އެ މީހާއަށް އެ ދުވަހު މަންމަ ކައިރިއަށް ދިޔުމުގެ ނަސީބު ނުލިބުނެވެ. އޭނާ ހާޓްއެޓޭކެއް ޖެހި ބިންމައްޗަށް ވެއްޓުނީއެވެ. ނަމަވެސް އޭނާއަށް އެހީތެރިވާނެ މީހަކު ނުވީއެވެ، ސަމާލުކަން ދޭނެ މީހަކުވެސް ނުުވިއެވެ.

ލީ ނަމަކަށް ކިޔާ އެ މީހާ ވެއްޓުނީ މޭގައި ވަރަށް ބޮަޑަށް ރިއްސައިގެންނެވެ. އޭނާގެ އަނގައިން ވަރަށް ބައިވަރު ލޭވެސް ފޭބިއެވެ. އެތަން ފެންނާނެ މީހަކު ނުވީއެވެ.

އެންމެ ފަހުން އޭނާއަށްވަމުންދާ ގޮތް ފެނި އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބުމުން އޭނާއަށް އައި ހިޔާލަކީ އޭނާގެ ދަބަހުން ފައިސާތައް ކުރިމައްޗަށް އުކުމެވެ. އެކަން އޭނާ ކުރަން ފެށިއެވެ. އެތަން ފެނުނީ ފުލުހުންގެ މީހަަކަށެވެ.

އެ ފުލުސް މީހާއާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި. އެ މީހާ އޮތީ މަސްތުހާލުގައިކަމަށް ފުރަތަމަ އޭނާ ހީކުރިކަމަށާއި، ނަމަވެސް ކައިރިއަށް ދިޔުމުން އެ މީހާއަށް ވެފައި އޮތް ގޮތް އެނގުނު ކަމަށެވެ. އެ ފުލުސް މީހާ ވަނީ ވަގުތުން އެމަޖެންސީ ސާވިސްއަށް ގުޅާފައެވެ. އަދި އެ މީހުން ލި އަށް އެހީތެރިވިއެވެ.

މީގެ ކުރިން ލި އަކީ ހިތުގެ އޮަޕަރޭޝަނެއް ކުރިމީހެެކެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ. އޭނާއަށް އޭނާގެ މަންމަ ކައިރިއަށް ދެވުމުގެ ނަސީބު ވެސް މިހާރު ލިބިއްޖެއެވެ.