ބޮލީވުޑްގެ ކުރީގެ މަސްހޫރު ތަރި ރާހުލް ޚަންނާ އެބުރި ބޮލީވުޑަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ރާހުލް ޚަންނާގެ އުމުރުން މިހާރު 45 އަހަރުވެފައިވާއިރު އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމެއް ކުޅެދީފައެވެ. އޭގެ ތެރޭގައި "ވޭކް އަޕް ސިޑް"، "ލަވް އާޖް ކަލް"، "ރަޤީބް" އަދި ދި ކަބައްޑި ހިމެނެއެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ 2013 ވަނަ އަހަރު ނެރެފައިވާ "ފަޔާ ފްލައިސް" ކިޔާ ފިލްމެކެވެ.

"ފަހަރުގައި ހޮޅިއަކުން އެއްޗެއް ދުއްވާލާ އަވަހަށް އަހަރެން ފެނިދާނެ" އޭނާ ބޮލީވުޑަށް އެބުރި އަންނަނީތޯ މީޑިޔާއިން ސުވާލުކުރުމުން އޭނާ ބުންޔެވެ. ރާހުލް ޚަންނާ ވަނީ މިއަހަރު ޑިޒައިނަރ ނަރެންދުރާ ކުމާރު ބޭއްވި ލަކްމޭ ފެޝަން ވީކް ގައި ރޭމްޕް މަތިންވެސް ފެނިފައެވެ.

ރާހުލް ޚަންނާ އެ ފެޝަން ޝޯއަށްފަހު ބުނެފައިވަނީ "ފިރިހެނުންވެސް މިހާރު ދަނީ ފެޝަނަށް ވަރަށް ބޮޑަށް އިސްކަން ދެމުން. ފިރިހެނުން އާންމުކޮށް މި ދައްކުވައިދެނީ އެމީހުންގެ އަމިއްލަ ފެޝަން. އަމިއްލަ ފެޝަން ފިރިހެނުން ގެންގުޅޭތަން ފެނުމަކީ ވަރަށް އުފާވެރި ކަމެއް" އެވެ.

ރާހުލް ޚަންނާ އެބުރި ބޮލީވުޑަށް އައުމަކީ ވަރަށް އުފާވެރިކަމެއްކަމަށާއި އެފަދަ ތަޖުރިބާ ހުރި ފަންނާނުން މިހާރުގެ ޅަ ކުދިންނާއެކު ފިލްމް ތަކުގައި ހަރަކާތްތެރިވުމަކީ ބޮލީވުޑަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބޮލީވުޑްގެ ބައެއް ފަންނާނުން ދަނީ ބުނަމުންނެވެ. އަދި އޭނާ އެބުރި އަންނާތީ އޭނާއަށް ސަޕޯޓްކުރާ އެތަށް ސަޕޯޓަރުންނެއް ތިބީ އުފަލުން ފޮޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަންނާ

    ޚަންނާ އޭ ހަހަހަހަ