ކަކުލު ހުޅުގައި ރިއްސުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މި މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ބައެއް ފަހަރު މާ މަދުން ކަސްތަރުކޮށް އުޅޭ މީހުންނަށްވެސް ކަކުލު ހުޅުގެ މައްސަލަތަށް ކުރިމަތިވެއެވެ.

ކަކުލުގައި ރިއްސުން ކުޑަކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތަށްތަކެއް އެބަހުއްޓެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތަށްތަށް ތިރީގައި ހިމަނާލާނަމެވެ.

ހޫނު ފެނާއި ލޮނު ބޭނުންކޮށްގެން ބޮޑިތާން ކުރުން: ކަކުލު ހުޅުގައި ރިއްސާނަމަ ގޭގައި ދެވިދާނެ އެއް ފަރުވާއަކީ ހޫނު ފެނާއި ލޮނު ބޭނުންކޮށްގެން ބޮޑިތާން ކުރުމެވެ. އެގޮތުން ތާފެނާ ފެނުގެ ތެރެއަށް ލޮނުކޮޅެއް އެޅުމަށް ފަހު ތުވާލިކޮޅެއް ފަދަ އެއްޗަކުން ފޯކޮށްލުމަށް ފަހު ކަކުލުގައި ހާކާނީއެވެ. މިގޮތަށް ދުވާލަކު ދެއިރު ކަންތަށް ކުރުމުން ކަކުލުގައިވާ ތަދަށް ލުޔެއް ލިބެއެވެ.

ގަނޑުފެން އެޅުން: ގަނޑުފެނަކީވެސް ކަކުލުގެ ހުޅުގައި ރިއްސާނަމަ އޮތް ފަރުވާއެކެވެ. އެގޮތުން ގަނޑުފެންކޮޅެއް ތުވާއްޔަކަށް އެޅުމަށް ފަހުގައި ކަކުލުގައި އުނގުޅާނީއެވެ. އަދި މަސްގަނޑަށާއި ކަށިގަނޑަށް ރަގަނޅަށް ފިނި ވަންދެން އުނގުޅާނީއެވެ. މިގޮތަށް ކޮންމެ ދުވަހަކު ނިދަން އޮށޯތުމުގެ ކުރިން ކަންތަށް ކުރުމުން ކަކުލުގައިވާ ތަދު ވަރަށް ފަސޭހައިން ކުޑަވެއެވެ.

ފެތުން: ފެތުމަކީ ކަސްރަތެކެވެ. އަދި އެއީ އެތަކެއް ކަމަކަށް އޮތް ޝިފާއެވެ. ކަކުލުގައި ރިއްސާނަމަވެސް ފެތުމަކީ މުހިންމު ކަމެކެވެ. ހާއްސަށް ފައި ހަރަކާތްވާ ގޮތަށް ފެތުމުން ކަކުލުގައިވާ ތަދު ވަރަށް ފަސޭހައިން ފަސޭހަވެގެން ދެއެވެ.

ދުވުން: ކަކުލު ހުޅުގައި ރިއްސާނަމަ ދުވުމަކީ މުހިންމު ކަމެކެވެ. އަދި އެއީ އެކަމެއްގެ ސަބަބުން ކަކުލަށްވާ ތަދު ލުއިކޮށްދޭ ކަމެއްވެސް މެއެވެ. އެއީ ދުވާއިރު ކަކުލު ހުޅަށް ކަސްރަދު ލިބޭތީއެވެ.