ދުނިޔޭގައި ހުރި އެންމެ ދިގު ކުއްޖާގެ ލަގަބަ އުމުރުން 16 އަހަރުގެ ބްެެރިޓިޝް ކުއްޖަކު ހޯދައިފިއެވެ.

އިސްކޮޅުން 7 ފޫޓު ހަތަރު އިންޗި ހުންނަ މި ކުއްޖާ މިހާރު ދަނީ އެކި ނޫސްތަކުގެ ސުރުހީތަކުން ޖާގަހޯދަމުންނެވެ. އޭނާގެ މަންމަ ބުނިގޮތުގައި، މަގުމަތިންދާއިރު، އޭނާގެ ދަރިފުޅާއެކު ފޮޓޯނަގަން ގިނަ އަދަދެއްގެ ބަޔަކު އެދެއެވެ.

ބްރެންޑަން މާރޝަލް ނަމަކަށް ކިޔާ އެ ކުއްޖާއަކީ ވަރަށް ބޮޑަށް ބާސްކެޓް ބޯޅަ ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދި އޭނާއަކީ ވޭލްސްގެ ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ މެންބަރެއްވެސް މެއެވެ.

ބްރެންޑަން ބުނީ އުމުރުން ނުވަ އަހަރުގައި އޭނާ ހުރީ އާއްމު އެހެން ކުދިންނާއި އެއް އިސްކޮޅެއްގައި ކަަމަށެވެ. އެހެން ނަމަވެސް މަޑުމަޑުން ބަދަލު އައިސް މިދިޔަ އަހަރު 6 ފޫޓު 11 އިންޗީގައި ހުރެފައި އިތުރަށް ފަސް އިންޗަށް ކުއްލިއަކަށް ހުރެފައި ދިގުވީކަމަށް އޭނާ ބުންޏެވެ.

އޭނާގެ މަންމަ ބުނިގޮތުގައި، ބައެއް ފަހަރު އޭނާ ދިގުވުމުން އުނދަގޫތަކެއް އޭނާއަށް ކުރިމަތިވެއެވެ. އެގޮތުން ދޮރު ފަތުގައި ބޯޖެހުމާއި ސީލިންގ ފަދަ ތަންތާގައި ބޯޖެހޭ ގޮތް ދިމާވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު