އެއްޖިންސުގެ ގުޅުން ހިންގުން އިންޑިއާގެ ޤާނޫނުން ހުއްދަކުރުމާއި އެކު، އެފަދަ ކަންކަމަށް ޝަޢުޤުވެރިވާ އެތައް ބަޔަކު ޢާންމުކޮށް އެކަން އެންމެނަށް ހާމަކޮށް އުފާ ފާޅުކުރަމުންދާއިރު، ރޭޕް ގިނަ އިންޑިއާގައި މިކަމާއި ގުޅިގެން މީހުން އުޅެމުންދާ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒެވެގެން ގޮސްފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން، އެއްޖިންސުން ގުޅުން ހިންގުން އެޤައުމުގައި ހުއްދަކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި ޙުކުމާއި ގުޅިގެން އެގޮތުގައި ޙުކުމް އަބަދު އޮންނާނެ ކަމަށް ގިނަ ޢަދަދެއްގެ ބަޔަކު އުންމީދުގައި ތިބިއިރު، ބައެއް ފިރިހެނުން ދަނީ އަންހެން ސިފަ ޖެއްސުވުމުގެ މަސައްކަތްވެސް ފަށާފައެވެ.

މި މަންޒަރު ހާމަވާ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަނީ ފިރިހެނުންތަކެއް އަންހެން އަންނައުނުގައި ގަހަނާ އަޅައިގެން އަންހެނުންނެކޭ އެއްފދަ މޭކަޕްތައް ކޮށްގެން ތިބޭ މަންޒަރެވެ. ނަމަވެސް އަމިއްލަ ޖިންސު އޮޅުވާލައި އިންސާނާ ދުނިޔެއަށް ފޮނުވިގޮތް ޤަބޫލުކުރާން ބޭނުން ނުވާ އެފަދަ މީހުނަށް އެތައް ބައެއްގެ ނުރުހުންވުމާއި މަލާމާތް މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ދަނީ ރައްދުވަމުންނެވެ.

އިންޑިއާގެ ފިރިހެނުންތަކެއް އަންހެން ފޭރާމާއި ގަހަނާ އަޅައިގެން

މިކަންކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުގައި ޖިންސު "ބަދަލުކުރުމަށް" ޚާއްސަ ޖަމާޢަތްތައް އުފައްދައި އެއްޖިންސުގެ ގުޅުން ހިންގުމަށް ހިއްވަރުދީދޭ ގުރޫޕުތައްވެސް މިހާރު އިންޑިއާގެ އެކި ހިސާބުތަކުގައި ވަނީ އުފައްދާފައެވެ. ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މިފަދަ މަސައްކަތްތަކުގައި އަހުލުވެރިވެ އުޅޭ މީހުނަށް ދުވާލަކު އެއްހާސް ރުޕީސްވެސް ބައެއް ޖަމާޢަތްތަކުން ދަނީ ހުށަހަޅަމުންނެވެ.

އެފަދަ މީހުން ޤަބޫލުކުރާގޮތުގައި، އެއްޖިންސުގެ ގުޅުން ހިންގާން ބޭނުންވާ މީހުންނަކީ ޚާއްސަ ދަރަޖައެއް ދޭން ޖެހިފައި ތިބޭ ބައެކެވެ. އަދި އެމީހުނަށް މުޖުތަމަޢުގެ އެންމެންގެ ލޯބިދީ އިހުތިރާމް އަދާކުރަން ޖެހޭ ކަމަށް އެއްބަޔަކު ޤަބޫލުކުރާއިރު، އިންޑިއާގެ ބައެއް މީހުން ޤަބޫލުކުރަނީ އެފަދަ މީހުނަށް ފުރައްސާރަކޮށްފިނަމަ އެކަމުގެ ސަބަބުން އަމިއްލަ ނަސީބު ދެރަވާން މެދުވެރިވާކަމުގައެވެ.

އެއްޖިންސުން ގުޅުން ހިންގުން ކޯޓުން ހުއްދަކުރުމާއި އެކު އިންޑިއާގައި އުފާ ފާޅުކުރަނީ

އިންޑިއާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމާއި އެކު، ގިނަ ބަޔަކު ވަނީ އެޤައުމުގެ މަގުތަކަށް ނިކުމެ ހާމަކަން ބޮޑު ގޮތެއްގައި އާންމު ތަންތަނުގައި އެއްޖިންސުން ބަދުއަޚުލާޤީ އަމަލު ހިންގައި ގައިގޯޅިވެ އުޅެފައެވެ. އެމަންޒަރު ފެންނަ ބައެއް ފޮޓޯތަކާިއ ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެކަމުން ހާމަވަނީ ބައެއްގެ ނާތަހުޒީބުކަމާއި އަހުލާޤީ ފެންވަރު ދަށް މިންވަރުކަން ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

މުޅި ދުނިޔެއިން ވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި މާހައުލެއް އޮތް ކަމަށް ޤަބޫލުކުރެވޭ، ދުނިޔޭގެ ނިސްބަތުން އެންމެ ރޭޕް އާއި ޖިންސީ އަނިޔާ ގިނަ އިންޑިއާގައި، އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައިވާއިރު އެގައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ގައުމެވެ. އަދި އެގައުމުގައި ގިނަ އަދަދެއްގެ މުސްލިމުންވެސް ދިރިއުޅެމުން ދެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި އެކަމުން ސިއްޙީ ބޮޑެތި ނުކުޅެދުންތެރިކަމާއި ދާއިމީ ނުރައްކާތައް ކުރިމަތިވާން ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އައްޗީ

    މުޑުދާރު ބައެއް ?

  2. ނޮޓް

    ދެންތިކަހަލަ ވާހަކަތައް ކީއްކުރަންތަ އަހަރުމެންގެ މުޖުތަމައަށް އިސްތިހާރުކުރަނީ. އަރުމެންނަކަށް މުހިއްމެއް ނޫން ތިކަހަހަލަ ވާހަކަތަކެއް

  3. އެކޮއި

    އައްޗީޑި

  4. އަލްޖިބްރާ

    ތިޔަހެން ތެޅެނިކޮށް މަތިން އަލިފާން ފައިބަން ފެށީމާ ގެރިކަލާގެއަށް ގޮވަމުން ދުވާތި !

  5. ަަަމަރިޔަމް

    ތިފަދަ ހަބަރު ނުގެެސްދިނިއްޔަަ ރަނގަޅި މުޖުތަމައުގެ އަހުލަގި ފެންވަރު ދައްވަނެ

  6. ޢުލް

    އެމްޑީޕީ ވެރިކަމެއްގަ ރާއްޖޭގައި ތިކަން ވެސް ހުއްދަ ކުރާނެ. ފަހު ޒަމާނުގެ އަލާމާތްތައް ހައްތާވެސް.

  7. Anonymous

    ގައުމެއް ހަލާކު ވާން ދެން ނެތް. ﷲ ސުބުހާނަހޫ ވަތަޢާލާގެ ކޯފާ ފޮނުއްވައި މިބައިމީހުން ފަނާކޮއްދެއްވައިފާދޭވެ.އާމީން

  8. ޙަސަން

    އެމް.ޑީ.ޕީ އަށް ވެރިކަން ލިބިއްޖެނަމަ، ތިކަން މިގައުމުގައިވެސް ހުއްދަކޮށްފާނެ.

  9. ޡަހުޒިިިބު

    ޢައްޗީޑި

  10. ޢަލީ ހަމީދު

    ދެވަނަ ސަދޫމައް ވާނެ ..

  11. އޭނަ

    ބޮޑުވެގެންވާ ފާފައެއް. ސަދޫމް ބައްޑުންޖެއްސެވީ ކީއްވެގެންކަން ނޭގެނީތަ

  12. ފަހުޒަމާން

    އިންޑިޔާ ހަލާކުވީ.

  13. ކިޔާ

    ޝައިތާނާ މިވަނީ މިމީހުންގެ އަމަލުތައް ޒީނަތްތެރި ކުރުވާފަ.އަޅެ ފަހެ މިމީހުންނަށް ހެޔޮ ނަސޭހަތެއް ދޭނެ ބަޔަކުވެސް ހަމަނެތީބާ؟؟؟ކޮންމެ ދުވަހަކު ލިބިގެން އެދަނީ އިންޒާރުގެ މެސެޖުތަކެއް!!!.ވިސްނާފިކުރުކުރާ ބަޔަކަށް އިބްރަތެއް ހާސިލްކުރެވޭނެ.!!!އެމީހުންގެ ނުބައި އަމަލުތަކުގެ ސަބަބުން އަހަރެމެންނަށާއި އެބިމުގަތިބި މުސްލިމް އަޚުންނާއި އުޚްތުންނަށްވެސް ލިބިދާނެ ގެއްލުމެއް އަންދާޒާކޮށްލަންވެސް ނޭނގޭނެ.ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.!!!ހިތަށް އަރަނީ މިމީހުންނަށް 2004 ވަނަ އަހަރު ކުރިމަތިވި ބިރުވެރި ހާދިސާވެސް ހަނދާންނުވޭބާއޭ؟؟؟

  14. އެލް

    ބޮޑާވެ ތައުބާ ނުވުމުގެ ސަބަބުން ޝައިތާނާއަށްވަނީ އާޙިރަތުގެ ދާއިމީ އަޒާބަށް ބިރުވެތިވެސް ނުވެވޭ ވިހަ ބަލި ޖެހިފަ. ކޮންމެ ދުވަހަކުވެސް އީމާންތެރިކަން އާކޮށް ނަމާދު ބަރާބަރަށްކޮށް ވީހާވެސް ގިނައިން ގުރުއާންކިޔަވާ ޒިކުރުކޮށް ނުހަދަންޏާ މަގުންކެހިގެންދާނެ މަޑުމަޑުން ޝައިތާނާގެ ވިހަ ބަލިތަކުގެ އަސަރުކުރަންފަށާނެ. އަޅުގަނޑުމެން މުސްލިމުން ހޭލާތިބެންޖެހޭ އިންޝާﷲ. ޔާﷲ އަޅަމެން އެންމެހާ މުސްލިމުން ޝައިތާނުންގެ ކިބައިން ރައްކާތެރިކުރައްވަވާ ތެދުމަގުގާ އަބަދައް ލައްވަވައި އަޅަމެންގެ ނިމުން ހެޔޮކޮށްދެއްވަވާށި ޔާﷲ އާމީން