ކުޅަނދުރުތަކެއް ކަށި ޖަހައިގެން ޓެކްސަސްއަށް ނިސްބަތްވާ ދެމަރިއަކަށް ހޮސްޕިޓަލުގައި ވަރުވާދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ގަޔަށް 600 އެއްހާ ކުޅަނދުރު ކަށި ޖެހިއެވެ. އަދި އޭނާއަށް އަައިސީޔޫގައި ތިން ދުވަސް ވަންދެން ފަރުވާދޭން ޖެހުނުއިރު، އަންހެން މިހާއަށްވެސް ވަރަށް ބޮޑަށް އަނިޔާވިކަމަށް ވެއެވެ.

ދެމަފިރިން ދިިރިއުޅޭ ގޭގެ ބޭރުން އެ މީހުންނަށް ކުޅަނދުރުތަކެއްގެ ހަމަލާދިން އިރު، ވޭން ރޮބާޓް ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ އަނގައިގެ ތެރޭގައިވެސް ކުޅަނދުރުތައް ކަށި ޖަހާފައި ހުއްޓެވެ.

ވޭން ބުނީ، އެނާ އެ ކުޅަނދުރުތަކުގެ ކިބައިން ސަލާމަތްވުމަށް ވަރަށް މަސައްކަތް ކުރިކަމަށެވެ. އަދި އަނބިމީހާ، މެރީގެ ގަޔަށް ގާތްގަނޑަކަށް 40 ވަރަކަށް ފަހަރު ކަށިޖަހާފައިވާކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ނުރައްކަލުން ސަލާމަތްވުމަށް މުޅި އެތަނުގައި ދުވެ، ބިންމަތީ ފުރޮޅި އުޅެން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެންމެ ފަހުން މެރީ ހޮސްޕިޓަލަށްވެސް ގުޅިއެވެ. އަދި ދެ މީހުންވެސް ހޮސްޕިޓަލަށްގެންދެވުނެއެވެ. އަދި ތިން ދުވަސް ވަންދެން ވޭން އަށް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުޥާދޭން ޖެހުނުއިރު، މެރީއަށް އެދުވަހު ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މެރީ ވަނީ ހާދިސާ ހިނގާދިޔަ ގޮތް މީސް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު