2011 ވަނަ އަހަރުގެ ތެރޭގައި ނުކުތް "ގޭމްސް އޮފް ތްރޯންސް" ސީރީޒް އަކީ މިއަދުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ސީރީޒް އެކެވެ، އަންނަ އަހަރު އެ ސީރީޒްގެ ފަހު ސީޒަން ނެރުމަށް ހަމަޖެހިފައިވާއިރު އެ ސީރީޒް އަކީ ސީރީޒްއެއްގެ އިތުރުން ހާއްސަ އެތަކެއް އެއާއި ގުޅިފައިވާ ސީރީޒްއެކެވެ.

އެގޮތުން "ގޭމްސް އޮފް ތްރޯންގް"ގެ ލީޑު ރޯލުން ފެނިގެންދާ ޖޯން ސްނޯ (ކިޓް ހެރިންގްޓަން) ބުނެފައިވާ ގޮތުގައި އޭނާގެ ހަޔާތުގެ ބައިވެރިޔާއާއި ދިމާވީ "ގޭމްސް އޮފް ތްރޯންސް"ގެ ސަބަބުންނެވެ.

ޖޯން ސްނޯ ކައިވެނީގެ ގޮތުން ގުޅިފައިވަނީ "ގޭމްސް އޮފް ތްރޯންސް"ގައި ޔެގްރިއްޓޭގ ރޯލުން ފެނިގެންދިޔަ އެމެރިކާގެ އެކްޓަރ ރޯސް ލެޒްލީއާއެވެ. އެތަރިން ފުރަތަމަ ބައްދަލުވެފައިވަނީވެސް "ގޭމްސް އޮފް ތްެރޯންސް"ގެ ޝޫޓިން އަކުންނެވެ. އެގޮތުން އެ ދެތަރިން ބައްދަލުވީ "ގޭމްސް އޮފް ތްރޯންސް"ގެ ދެވަނަ ސީޒަން ނެގުމަށް އައިސްލޭންޑްގައި އެ ސީރީޒްގެ ޓީމުން ހޭދަކުރި ދުވަސްވަރުގައެވެ.

2012 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެދެތަރިން ކައިވެނިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

2019 ވަނަ އަހަރު ނެރޭ "ގޭމްސް އޮފް ތްރޯންސް"ގެ ފަހު ސީޒަން އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޯން ސްނޯ ބުނީ "ގޭމްސް އޮފް ތްރޯންސް" އަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ސީރީޒްއެއް ކަމަށެވެ.

" "ގޭމްސް އޮފް ތްރޯންސް" އަކީ އަހަރެންގެ މުޅީ ދިރިއުޅުން ބަދަލުކޮށްލި ސީރީޒް އެއް. އެ ސީރީޒްގެ ސަބަބުން އަހަރެން ގެ ހަޔާތުގެ ބައިވެރިޔާ އާއި ބައްދަލުމިވީވެސް. މިއީ އަހަރެން މިއަދު އުފާކުރާ ކަމެއް. އަދި ގޭމްސް އޮފް ތްރޯންގެ އެކްޓަރަކަށް ވުމަކީ މިއަދު އަހަންނަށް ލިބުނު ވަަރަށް ބޮޑު ޝަރަފެއް." ޖޯން ސުނޯ ބުނެފައިވެއެވެ،