ފްލޮރިޑާގެ އޮރްލަންޑޯގެ އެއާޕޯޓެއްގައި ފަސެންޖަރުން އުފުލާ އެއާބަސް އޭ321 މަރުކާގެ ފްލައިޓެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ، އެއާޕޯޓު ވަކި ކުރުމަށް ޖަހާފައިވާ ފެންސް މަތިން ފުންމާލައިގެން، އަދި އެ މަތިންދާ ބޯޓަށް އަރާ ހުއްޓާ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެ ޒުވާނާއަކީ ފްލޮރިޑާގެ އިންސްޓިޓިއުޝަން އޮފް ޓެކްނޮލޮޖީގައި ކިޔަވަމުންދާ މީހެެކެވެ. އޭނާ މަތިންދާ ބޯޓަށް އެރި ނަމަވެސް، އެ ބޯޓު ދުއްވާފައެއް ނުވެއެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެއާބަސް އޭ321 އެއް ވަގަށް ނަގަން އުޅުނު ޒުވާނާ

 

އަދި އެ މީހާގެ ނިޔަތަކީ ކޮބައިކަން ސީދާ ނޭގޭ ކަމަށް ފުލުހުން ބުނިއިރު، އޭނާގެ އަތުގައި ނުރައްކާތެރި ހަތިޔާރެއްވެސް ނެތްކަމާށް ފުލުހުން ބުންޏެވެ. އަދި އޭނާ އެކަން ކުރީ މަސްތުވެގެން ހުރެގެން ނޫންކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެއާޕޯޓްގެ ސެކިއުރިޓީންނާއި ދެ ޓެކްނީޝަނެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެ މަތިންދާ ބޯޓު ސްޓާޓް ކުރުމުގެ ކުރިން އޭނާ ހައްޔަރުކުރުމުން، އެ އެއާލައިނުން ވަނީ، އެއާޕޯޓް ސެކިޔުރިޓީއަށް ތައުރީފް ކުރައްވާފައެވެ.

އޭވިއޭޝަން މެނޭޖްމެންޓް ކިޔަވަމުންދާ އެ ޒުވާނާގެ މައްސަލަ މިހާރު ކޯޓުގައި ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު