އުމުރުން 101 އަހަރުގެ އަންހެނަކު ދަރިއަކު ވިހައިވިއެވެ. އިޓަލީގެ ނަޕޯލީއަށް އުފަން އުމުރުން 101 އަހަރުގެ އެނެޓެލިޔާ ވާޓަޑެއްލާ އެ ކުއްޖާ ވިހާފައިވަނީ ތުރުކީގެ ޕްރައިވެޓް ކުލިނިކެއްގައެވެ.

އެނެޓެލިޔާ ތުރުކީގައި ވިހަން ޖެހުނީ ޔޫރަޕްގެ ގާނޫނުގައި ރަހިމު ބަދަލުކުރުމަކީ މަނާކަމަށްވާތީއެވެ. ރަހިމު ބަދަލުކޮށް އެނެޓެލިޔާ ވިހެއި ކުއްޖާގެ ބަރުދަނުގައި ނުވަ ޕައުންޑް ހުރެއެވެ.

ފްރާންސެސްކީގެ ނަމުން ނަންދީފައިވާ އެ ކުއްޖާ ދުނިޔެއަށް އުފަން ކުރުވުމުގައި ފަސް ޑޮކްޓަރުން ހަރަކާތްތެރިވެފައިވާއިރު އަލަށް ލިބުނު ކުއްޖާއަކީ އެނެޓެލިޔާގެ 17 ވަނަ ކުއްޖާއެވެ.

އުމުރުން 48 އަހަރުގައި ރަހިމަށް ކެންސަރު ޖެހިފައިވާ އެނެޓެލިޔާ ބުނި ގޮތުގައި އޭނާއަށް އެއުމުރުގައި ކުއްޖަކު ލިބުނު ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށާއި އަދި އެއުމުރުގައި ކުއްޖަކު ލިބުމަކީ އެއްވެސް ވަރަކަށް އޭނާ އުންމީދު ކުރި ކަމެއް ނޫންކަމުގައެވެ.

އެނެޓެލިޔާއަށް އުމުރުގައި ކުއްޖަކު ލިބުން އެއީ ލިބުނު ވަރަށް ބޮޑު ހައިރާން ކަމެއް ކަމުގައި އެނެޓެލިޔާ ވިއްސި ޑަކްޓަރުން ބުނެއެވެ. އަދި އެނެޓެލިޔާގެ ބަނޑުން ގަދަވެ ސަލާމަތުން ހުރި ކުއްޖަކު އުފަންވުމަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ އަންތަރީސް ކުރުވަނިވި ކަން ކަމުގައި އެނެޓެލިޔާ ވިއްސުމުގައި އިސްކޮށް އުޅުން ޑަކްޓަރު އެލެކްއާންޑޯ ޕޮޕޮލިޝީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދައްތަ

    ހާދަ ކުރީގެ ހަބަރެކޭ ތި އަޕްޑޭޓް ކޮއްލީ