ފިލްމީ އިންޑަސްޓްރީގެ އެންމެ ކުޅަދާނަ އެއް ފަންނާނު ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ އޮފިޝަލް ޓްރެއިލާ އަދި ޕޯސްޓަރު މިރޭ ރިލީޒް ކުރާނެއެވެ.

މިއީ ބޮޑު ކާސްޓެއް އެކުލެވޭ ގޮތަށް ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

"ވަގުތު" އާ ވާހަކަ ދައްކަމުން ނިއުމާ ބުނީ މި ފިލްމު ބޮޑެތި ހުރިހާ ރަށްތަކެއްގައި އަޅުވާނެ ކަމަށެވެ.

އޭގެ އިތުރުންވެސް 30 ވަރަކަށް ދުވަސް ތެރޭ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވިފައިވާ ކަމަށް ނިއުމާ ވަނީ ބުނެފައެވެ.

"ނިވައިރޯޅި" ގެ ސްކްރިޕްޓް ލިޔެ އަދި ފިލްމު ޑައިރެކްޓްވެސް ކޮށްފައިވަނީ އެތަކެއް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މަޝްހޫރް ޑައިރެކްޓަރު މޫމިން ފުއާދެވެ.

"ނިވައިރޯޅި" ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

މިއީ ނިއުމާގެ ފިލްމީ ހަޔާތުގެ ފަހު މަސައްކަތެވެ. އަދި އޭނާ އެކްޓްކުރާނޭ ވަދާއީ ފިލްމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާނިޔޫސޭ

    އެތަކެއް ބައެއްގެ އެދުމަށް އިޙްތިރާމް ކުރުމުގެ ގޮތުން ކަމަށްބުނެ ލަސްތަކެއްނުވެ ތިޔަކުޅިވަރު އަނެއްކާވެސް ފަށާނެ. މިއީ ތިޔަ ދާއިރާގައުޅޭ ގިނަ މީހުންގެ ޙާލު. ނަންވާނީ މޭނާ ޙައްސާން.

  2. ކަމަނަ މުހައްމަދު

    ނިއުމާ އުޅޭތީ ނުބަލާނަން

    • ހީހީ

      ހަމަ ހިނިއަންނަނީ...

  3. ަަކާފަ

    ނިއުމާ ވ.ކަޑަ ނުބަލާނަން