ރަޝިއާގެ އަވަށެއްގެ ބަޔަކަށް ދަބަހެއްގެ ތެރެއިން ބުރިކޮށްފައި ހުރި އިންސާނުންގެ އަތްތިލަތަކެއް ފެނިއްޖެއެވެ. އޭގެ ތެރޭގައި 54 އަތްތިލަ ހިމެނެއެވެ.
މި އަތްތިލަތައް ފެނިފައި ވަނީ ޗައިނާގެ ބޯޑަރު ކައިރިންނެވެ. އެންމެ ފުރަތަމަ މި އަތްތިލަ ތަކުގެ ތެރެެއިން އެއް އަތް ފެނުނީ ކޯރެއްގެ ތެރެއިންނެވެ. އެހެން ނަމަވެސް އޭގެ އިރުކުޅެއް ފަހުން ވަނީ ބުރިކޮށްފައި ހުރި އިންސާނުންގެ އަތްތިލަތައް ހުރި ދަބަސް ފެނިފައެވެ.
މި ދަބަސް ފެނިފައި މިވަނީ ގިނައިން މަސް ބޭނުމަށް ގޮސް އުޅޭ ހިސާބަކުން ކަަމަށް ވެއެވެ. އެހެން ނަމަވެސް އެ ހިސާބުން އިތުރު ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއީ ކޮންބައެއްގެ އަތްތިލަތަކެއް ކަން ނޭނގުނު ނަމަވެސް، އެއީ ތޫނު އެއްޗަކުން ޖަހާ ކަނޑާފައި ހުރި އަތްތިލަތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބުރިކޮށްފައި ހުރި މި އަތްތިލަތައް ފެނުމުން، މިއީ ވައްކަން ކުރުމުން ދީފައި ހުރި އަދަބެއްކަމަށް ވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ތިވާނީ ވައިޓް ވޯލްކާސްގެ ކަމަކަށް
އެލް އޯ އެލް
ތީ އެންމަހުގެ ގޮތުގަ ބޭނުންކުރަން ގެނސްފަ ކަމަށްވާނީ
މުއްލާތަކުގެ ކަމަކާ ވައްތަރީ
މާތްﷲ އަށް ބިރުވެތިވޭ
ޗައިނާ އަކީ އިންސާނުން ގެ މަސް ކާ މީހުން އުޅޭ ގައުމެއް
އޭނ؟؟ ޗައިނާ އެއް ނޫނޭ މީ
މިހާރު ވެރިކަމުގަ ހުރިކަލޭގެ އަތްވެސް އެބަޖެހޭ ތި ދަބަހައް ލާން
އެއީ ވަރަށް ސިހުރު ހަދާ މީހުން އުޅޭ ގައުމެއް ކޮންމެ ކަމަަށް ވެސް ސިހުރު އެފަދަ ކަމަކަށް ވުން އެކަށީގެންވޭ