ލުނބޯ ފަންޏަކީ ހަށިގަނޑަށް ފައިދާހުރި ބުއިމެއް ކަމަށް ހުރިހާ ޑޮކްޓަރުން ވެސް އިއްތިފާގު ވެއެވެ. އަދި ލުނބޯފަނީގެ ސަބަބުން ނުރައްކާތެރި ބަލިތަށް ޖެހުމުން ދުރުކޮށްދީ ތިމާ ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލުނބޯފަނީގެ ދައުރު ވަރަށްވެސް ބޮޑެވެ.

ހަޖަމުކުރުމުގެ މައްސަލަތަށް ކުރިމަތިވާނަމަ ލުނބޯ ފަންޏަކީ އެފަދަ ދެވަނައެއް ނެތް ބުއިމެކެވެ، އެހެނީ ލުނބޯފަނީގައި އެކުލެވޭ ސޯޑިއަމް ބަލްކާބްގެ ސަބަބުން ހަޖަމުކުރަން ފަސޭހަވާތީއެވެ. ހަމަ އެފަދައިން ހެނދުނުގެ ވަގުތުގައި ލުނބޯ ފަނި ބުއިމުން ހަށިގަނޑުގައި ވަރުޖައްސައިދީ ބަނޑުހައިހޫނުކަން ފިލުވާދެއެވެ. އަދި ލުނބޯފަނި ބުއިމުން ގިނަ އިރުތަކެއް ވަންދެން ކަރު ހިއްކުމުން ދުރުކޮށްދެއެވެ.

މީގެ އިތުރުން ލުނބޯ ފަންޏަކީ މަސްތަކުގެ ހެދިބޮޑުވުމަށްވެސް އޮތް ފަރުވާއެކެވެ. އެހެނީ ލުނބޯފަނީގައި އެކުލެވޭ ވިޓަމިންސްގެ މާއްދާތަކުގެ ސަބަބުން މަސްގަނޑު ވަރުޖެހުމަށް އެހީވެދޭތީއެވެ.

ހަންގަނޑުގެ ދުޅަހެޔޮކަމަށްވެސް ލުނބޯ ފަންޏަކީ މުހިންމު ދައުރެެއް އަދާކުރާ އެެއްޗެކެވެ. އެގޮތުން ލުނބޯގައި އެކުލެވޭ ވިޓަމިންސްގެ މާއްދާތަކުގެ ސަބަބުން ހަންގަނޑު ރޫޖެހުމާއި، ބިހި ނެގުމާއި އަދި ހަންގަނޑު ކުރަކިވެ ފަޅައިގެން ދިޔުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

އަދި ލުނބޯގައި އެކުލެވޭ ވިޓަމިން ސީ އާއި ޕޮލިޕެނޯލް އާއި އެންޓި އޮކްސިޑެންޓްގެ މާއްދާތަކުގެ ސަބަބުން ފްރީ ރެޑިކަލްސްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. ސައިންސްވެރިންގެ ނަޒަރުގައި ލުނބޯފަންނަކީ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް ނުވަތަ ހިކުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އެހެނީ އޭގައި މަދު އަދަދެއްގެ ކެލޮރީސް އެކުލެވިގެންވުމާއި ލުނބޯ ފަނީގެ ސަަބުބުން ހަށިގަނޑުވާ ސަރުބީގެ އަދަދު މަދު ކޮށްދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާހިރު

    ޔާމީނަށްދީ...ބާކީ ހުރިއްޔާ ސަހީމަށްދީި....އަދިވެސްބާކީ ހުރިއްޔާ އަދުރޭއައަށްދީ...

  2. ވަރަށް މަޖާ

    ވަރަށް އިރުވަރު ރަނގަޅު އިރެއްގަ ގެނެސްދިން ހަބަރެއް

  3. ފާތު

    އެހެންވީމާ ރަގަޅުއެއްޗެއްތާ މިބޭނުން ކުރެވެނީ. އަޅުގަނޑު ވަރަށް ގިނައިން ބޭނުން ކުރަން.

  4. ގަމު ކުއްޖާ

    ޔާމީނަށް ދީ..

  5. Anonymous

    ތީ ޕިންކީ މެނަށް ދޭން ޖެހޭ އެއްޗެއް

  6. ނާޝިިއު

    ސާމީ ކަލޭ އައް ވަރަށްް ރަނގަޅުު އެެއްްޗެއް މީ

  7. މި

    ތޭންކްސް

  8. Anonymous

    ނާހަމަ ތެދު