ބޮލީވުޑްގައި މިހާރު އެންމެ ހިޓް ފިލްތައް ކުޅޭ އެކަކުގެ ގޮތުގައި، އަކްޝޭ ކުމާރް ހިމެނެއެވެ. އޭނާ މުސްކުޅިވަމުންދާާ ވަރަކަށް އޭނާއަށް، ލިބެމުންދާ ތަރުހީބު މާބޮޑުހެން ހީވެއެވެ. އޭނާއަކީ ބޮލީވުޑްގެ އެންމެ ފިޓް އެކަކެވެ. އެންމެ އަހުލާގުވެސް ރަނގަޅު އެކަކެވެ.

ދާދިފަހުން އަނެއްކާވެސް އެތައް ބައެއްގެ ހިތުން އަކްޝޭއަށް ޖާގަދޭ ވަރުގެ ކަމެއް އޭނާ މި ވަނީކޮށްފައެވެ. އެކަމަކީ އެސިޑްގެ ހަމަލާ ލިބި، ވަޒީފާއެއް ނުލިބި، ހާލުގައި އުޅެމުންދިޔަ ދިޔަ ޒުވާނަކަށް ފައިސާގެ ގޮތުން އެހީތެރިވުމެވެ.

ލަޒްމީ އަގަރްވަލް، އޭނާގެ ހާލު އާއްމުކޮށް އެންގުމާއެކު، އޭނާއަށް އެހީތެެރިވުމަށް ނިންމި އެކަކުގެ ތެރޭގައި އެކްޝޭ ހިމެނެއެވެ. އެ ލަޒްމީގެ ހިތްދަތި ވާހަކަތައް އިވި އަކްޝޭ ވަނީ އޭނާގެ އެކައުންޓަށް ފަސް ލައްކަ ރުޕީސް ފޮނުވާފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން އަކްޝޭ ބުނީ، އޭނާ އެކުރީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ލަޒްމީއަށް ވަޒީފާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ކަމަށާއި، އެއީ ލަޒްމީ ދަރިރުޅާއި، ގެއަށް ދައްކަން ޖެހޭ ކުލި ދެއްކުމުގައި އޭނާއަށް އެހީތެރިވުމުގެ ގޮތުން ކުރިކަމެއް ކަމަށް ބުނެފައެވެ.

އަކްޝޭ ލަޒްމީއަށް ވި އެ އެހީތެރިކަމާއެކު އެތައް ބަޔަކު ދަނީ ލަޒްމީއަށް ވަޒީފާ ދޭނެކަމަށް ބުނަމުންނެވެ. އަދި އެ އޮފަރތައް ކުރަމުން އަންނައިރު، ލަޒްމީ ވަނީ އަކްޝޭ އޭނާއަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ލަޒްމީއަކީ އުމުރުން 15 އަހަރުގައި އެސިޑްގެ ހަމަލާ ލިބުނު މީހެކެވެ. އޭނާއަށް އެ ހަމަލާ ލިބުނީ، ލޯބި ހުށަހެޅި މީހަކާއި ގުޅުމަށް ދެކޮޅު ހެދުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު