އެންމެ ލޯބިވާ ތަރި މަގުމަތިން ފެނުމުން ކުރިން ދެން ހިނގާދިޔަ ކަންތައް މަތިން ހަނދާން ނެތޭ އެތައް ބަޔަކު އެބަތިއްބެވެ. ކަންވާނީވެސް އެހެންތާއެވެ. އެއީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ.

ދާދި ފަހުން އެމެރިކާގެ އެކްޓަރ އެޝްޓޮން ކަޗާ ދުއްވި ކާރެއް ސްކޫޓަރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ، އަށް އެ ކާރު ދުއްވަން އިން މީހާ ފެނުމުން ވީގޮތްވެސް ބުނެދޭން ނޭގުނެވެ.

އެޝްޓޮން ހީކުރި، އެ އެކްސިޑެންޓްގެ ސަބަބުން އޭނާ ޖަލަށްވެސް ދާން ޖެހިދާނެ ކަމަށެވެ. ނަމަވެސް، އެ ޒުވާނާއަށް އޭނާ ފެނުމާއެކު އެ ޒުވާނާ އެދުނީ ސެލްފީއެއް ނަގާށެވެ.

މި އެކްސިޑެންޓް އުމުރުން 19 އަހަރުގެ ޒުވާނާ އޭނާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ގެއަށް ގެންދަންވެގެން ސްކޫލަށް ބަކާ ދިޔަ މަގުމަތީގައެވެ.

"އެ ކާރުގައި ޖެހިފައި އަހަރެން ވެއްޓުނީ ބިންމައްޗަށް. އަހަރެން ބިންމަތިން ތެދުވި ތަނުން އޭނާ ކާރުން ނުކުމެގެން އައި. އޭނާ ވަރަށް ސަޅި، އަދި އެ އެކްސިޑެންޓްގެ ސަބަބުން ހުރީ ކޮންމެވެސް ވަރަކަށް ކޮންސާންވެސް ވެފަ ކަހަލަ ގޮތަކަށް. އޭނާ އެހީ އަހަރެން ކައިރިން، އަހަރެން އޯކޭތޯ؟. އަހަރެން ބުނީ، އާ އަހަރެން އޯކޭކަމަށް އަދި އަހަންނާއެކު ފޮޓޯއެއް ނަގާލަންވެސް އެދުނިން". އެ ޒުވާނާ ކިޔާދިނެވެ.

އޭނާ އެގޮތަށް ބުނުމުން އެޝްޓޮން ހުރީ ހައިރާންވެފައި ކަމަށް ވެއެވެ. އެއީ އެކްސިޑެންޓެއް ހިނގާ ބަދަލުގައި، އޭނާއާއެކު ފޮޓޯއެއް ނެގުމަށް އެ ޒުވާނާ އެދުމުންނެވެ.

ލިއޯ ނަމަކަށް ކިޔާ އެ ޒުވާނާ ބުނީ، އެ އެކްސިޑެންތް ހިނގީ އޭނާގެ ސަބަބުންކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.

އެޝްޓޮން އެ އެކްސިޑެންޓަށްފަހު ބުނީ، އެއީ ވަރަށް ކޫލް އެކްސްޕީރިއަންސެއް ކަމަށެވެ. އަދި އެކަމާއި މަންމަ އާއި ކޮއްކޮއަށްވެސް ގުޅިކަމަށެވެ. އަދި ގުޅާފައި އެ ވާހަކަ ދެއްކި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު