މަޝްހޫރް ފިލްމީ ތަރިންގެ ތެރެއިން ތަރިއަކާ ޕާސަނަލީ ދިމާވެ ވާހަކަ ދައްކާ "ގާތް" އެކުވެރިކަން ބޭއްވުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. އެމީހުންގެ ކިތަންމެ ގާތް ފޭނަކަށްވެސް މިއީ ވަރަށް މަދު ފަހަރަކު ނޫނީ ނުވާނެ ކަމެކެވެ. އެކަމަކު މިފަހަރު މިއޮތީ ވަރަށް ނަސީބުވެރި ކުއްޖެއްގެ ވާހަކައެވެ.

ރާއްޖޭގެ އެންމެ ޑިމާންޑިން ފިލްމީ ތަރި މަރިޔަމް އައްޒަގެ ފޭނެއް ކަމުގައިވާ އިބްރާހިމް އަރްޝަދް އައްޒަ އާއި ޕާސަނަލީ ދިމާވެ އަދި އެންމެ ޚާއްސަ ކަމަކަށް އައްޒަގެ އުފަންދުވަހު ފޭނެއްގެ ފަރާތުން ދެވޭނެ އެންމެ ޚާއްސަ ހަދިޔާ ދިނުމުގެ ފަޚްރު ހޯދީއެވެ. މިއީ އައްޒަގެ ފޭނުންގެ ތެރެއިން މިފަދަ ގާތް ކަމެއް އޮތް އުމުރުން ހަގު ފޭނަށް ވުން ވެސް އެކަށީގެންވެއެވެ. މި އަހަރުގެ އޯލެވްލް އިމްތިހާނުގައި ބަިއވެރިވާ މުހްޔިއްދީން ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރެކެވެ.

އައްޒަ އާއިއެކު އަރުޝަދު އެންމެ ފުރަތަމަ ނެގި ފޮޓޯ

 

ދާދިފަހުން އައްޒަ އިންސްޓަގްރާމްގައި ވަނީ އަރުޝަދުގެ ފަރާތުން އޭނާއަށް ލިބުނު "ހަދިޔާ" އާއިއެކު އޭނާ އަދި އަރުޝަދު ނަގާފައިވާ ޕޮޓޯއެއް އާންމުކޮށްފައެވެ. ނަމަވެސް އެއީ އިހައްދުވަހުގެ ފޮޓޯއެއް ނޫނެވެ. އެއީ މި އަހަރު އައްޒަގެ އުފަންދުވަހާއި ގުޅިގެން އައްޒައަށް ލިބުނު "އެންމެ ސަޅި" ހަދިޔާ ތަކުގެ ތެރެއިން ހަދިޔާ އާއެކު ނަގާފައިވާ ފޮޓޯއެކެވެ.

އަރުޝަދު އައްޒައަށް ހަދިޔާ ކުރި ކުރެހުން

 

އުފަންދުވަހެއްގެ ހަދިޔާއެއްގެ ގޮތުން އައްޒައަށް އަރުޝަދު ދީފައިވަނީ އޭނާއާއި އައްޒަ ނަގާފައިވާ ސެލްފީއެއްގެ ކުރެހުމެކެވެ. އަރުޝަދުގެ އަމިއްލަ ކުރެހުމެއް ނޫނަސް، އޭނާ ބޭނުންވީ އޭނާ އާއި އައްޒަގެ ސެލްފީގެ ކުރެހުމެއް އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި ދޭށެވެ.

އަބަދުވެސް އައްޒައަށް އެންމެ ސަޕޯޓްކުރާ އަރުޝަދު "ވަގުތު" އާ ވާހަކަ ދައްކަމުން ބުނީ އެއީ މިދިޔަ އަހަރު އޮގަސްޓް ހިސާބުގައި އައްޒައާއިއެކު ނެގި ސެލްފީ އެއް ކަމަށެވެ.

"ފުރަތަމަ އަސްލު އައްޒަ އާއި ދިމާވީ ވިލިނގިލި އޭޓީއެމް އިން. އެއީ މިދިޔަ އަހަރުގެ އޮގަސްޓް ހިސާބުގަ. އޭރު ފުރެންޑެއް ނުވާނެ. ދެން އައްޒަ ކައިރީ ބުނެގެން ސެލްފީ އެއް ނަގާފަ އިންސްޓަގްރާމް އަށް ލީމަ އައްޒަ އިނީ އެޔަށް ކޮމެންޓް ކޮށްފަ. ދެން ފަހުން ސްނެޕްޗެޓުން އެޑް ކޮށްގެން ސްނެޕުން ވާހަކަ ދެއްކަން ފެށީ. އޭގެފަހުން ދެން އަނެއްކާވެސް އައްޒައާ ދިމާވީ މި އަހަރުގެ ޖެނުއަރީ ފެބުރުއަރީ ހާ ތާނގައި." ފުރަތަމަ އައްޒަ އާއި ބައްދަލުވި ގޮތް ކިޔައިދެމުން އަރުޝަދު ބުނެފައިވެއެވެ.

އައްޒަ އާއި ވާހަކަ ދައްކަން ފެށިފަހުން ނެގި ފޮޓޯ

 

އައްޒައަށް އުފަންދުވަހުގެ ހަދިޔާ ދިނުމަށްވެސް އަރުޝަދު ބޭނުން ކުރީ ވަރަށް ތަފާތު އުކުޅެކެވެ. އެ ދުވަހު އެހެން މީހެއްގެ އެހީތެރިކަމާ އެކު ވަކި ތަނަކަށް ގެނެސް އައްޒަ "ސަޕްރައިޒް" ކޮށްލީއެވެ.

"އެހެން މީހަކު ކައިރީ ބުނެގެން އަރުޝަދު ބުނި ތާކަށް އައްޒަ ގެނައީ. އައްޒަ ހުރީ ވަރަށް އުފާވެފަ" އެ ދުވަހުގެ ހަނދާންތައް އައު ކުރަމުން އަރުޝަދު ބުންޏެވެ.

އެފަދަ ހަދިޔާއެއް ފޭނެއްގެ ފަރާތުން ލިބުމުން އުފާވެފައި ހުރި އައްޒަ އޭނާގެ އިހްސާސްތައް "ވަގުތު" އާ ހިއްސާ ކުރަމުން ބުނީ އެ ގޮތަށް ކުއްޖަކު އަމިއްލައަށް އެހާ އެފޯޓް ލައިގެން އެހާ ހާއްސަ ގިފްޓެއް އުފަންދުވަހު ދިނުމުން ވަރަށް އުފާވި ކަމަށެވެ.

"އެންމެ ސްޕެޝަލް ގިފްޓް ތަކުގެ ތެރެއިން އެއް ގިފްޓް އެއީ އަސްލު. އައްޒަގެ ހުރިހާ ކަމެއް ބަލާ، ފޮލޯ ކުރާ ވަރަށް ލޯބި ކުއްޖެއް އަރުޝަދް އަކީ." އައްޒަ ބުންޏެވެ.

އައްޒަ އިތުރަށް ބުނީ މިއީ އުފަންދުވަހެއްގައި ފޭނެއްގެ ފަރާތުން އޭނާ އަށް ލިބުނު ދެވަނަ ކުރެހުން ކަމަށެވެ.

އަރުޝަދުގެ ނަން ކާޑުކޮޅުގައި ވެސް އައްޒަގެ ފޮޓޯ

 

އަރުޝަދު ވަނީ އިތުރު އުފާވެރި ޚަބަރެއްވެސް ދީފައެވެ. އެއީ އައްޒަގެ ކުރިއަށް އޮތް އުފަންދުވަހުވެސް އޭނާއަށް އިތުރު ސަޕްރައިޒްއެއް ދޭނެ ކަމުގެ ޚަބަރެވެ. ގައިމުވެސް މިހާ ކުޑަ ފޭނަކު އައްޒަ ފަދަ މަޝްހޫރް ފަރާތެއް ދެކެ ލޯބިވާނީ މިހާވަރަކަށެވެ.

އެހެންކަމުން، އަރުޝަދު އުމުރުން ހަގު ނަމަވެސް އޭނާ އައްޒަ ދެކެ ވާ ލޯބި ކުޑައެއް ނޫންތާއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރައީސް

    މަވެސް އައްޒަ ދެކެ ލޯބިވަން... އެކަމަކު އަހަރެން ބުނިތަނަކަށް އައްޒަ ނައި..

  2. އަމަން

    ނޫން ނުވާނެ ތިހެނެއް ދޯ އައްޒާ.

  3. Naik

    ޗީޗީ....ދެން އުޅޭ ގޮތެއް ލޮލް

    • ލޮލް އޯ

      ހަޖަމް ޕްލޭޒް?

      • Anonymous

        ޕްލޭޒް އޯ ހަހަ މޮޔައިން

  4. ޔާމީނޫ

    އައްޒަ އަހަރެން ބުނީމަވެސް ނައި

  5. ތޮއްޓޭ

    އައްޒަ އާދެބަލަ ޕުލީޒް

  6. ކުއްޖެ މީ

    އައްޒަ މަ ބޭނުން ސެލްފީ އެށް......އުލިގަމު ތޮށި ކޮޅަށް އައުން އެދެން.

  7. އެއްކަލަ ގޮލާ

    އައްޒަ ލައިކްސް ދެމް ޔަންގް

  8. ނަފުހާ

    އުސްވާ ކިޔާ އަންހެން ކުއްޖެއް އައްޒަ ދެކެ ވަރަށް ލޯބިވޭ

  9. ސޮބާ

    އުޅޭ ވައްތަރުދެން ލަދުން ބޯހަލާކު ތީ މުޅިން ހަމަ ސޮރެއްހެނެއް ހިއެއްނުވޭ ހަމަ އެހާވަރު ވާންޖެހޭތަ

  10. މުއާ

    ނޫނޭ އެސޮރު ހަމަ. ބައެއް މީހުން މަޝްހޫރުވާން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ތެޅޭ ވައްތަރު.

  11. ހޭއަރައިފި

    މިއީ ޢިޝްޤީލޯބި ފިޔަވައި ދެވަނަ އެއްޗެއްނޫން. މަށަށްވެސް އެއުމުރުގައި އެންމެ ފުރަތަމަ ލޯބިވެވުނީ މަށަށްވުރެ ހަތްއަހަރު ދޮށީ އަންހެނަކުދެކެ. އޭނަގެ ދަރިންވެސްތިބި. އެކަމަކު ދެމީހުންތިބީ އެކަކު އަނެކަކާ ހެދި މޮޔަވެފަ. ބައްދަލު ކުރާކަށް ފަތިހެއް ދަންވަރެއްނޯވޭ. މަށަށް ކުރެވުނު ތަޖްރިބާއަށް ބަލާއިރު މިނޫންގޮތަކަށް މިކަމެއް ނުވާނެ. މިސޮރެކޭ އެއްގޮތަށް ގެންގުޅޭ ކޮންމެ އެއްޗެއްގަވެސް އޭނަގެ ހަނދާން އާވާނެ ކޮންމެވެސް އެއްޗެއް ހަރުކޮށްފަ ހުންނާނެ.

  12. އިއްބެ

    ތީތަފާތު ކުއްޖެއް

  13. އެދުރުބެ

    ބަލަ ބަލާބެލުމަށް އެސޮރަށްވުރެ އައްޒަ ލަކަމަށް ދައްކަ އެ ނިމުނީނު ދޯ އަރްޝަދު

  14. އެދުރުބެ

    އެއީ ހަގީގީލޯބި ދެން އިތުރު ވާހަކަ ނުދައްކާ

  15. ސަމަންތަރު

    އަހަރެން އެއްރޭ ބުނިން އައްޒަ ގާތު ބީޗަށް ގޮސްލަން ނައި

  16. އެދުރުބެ

    ތިޔޮއް އައްޒައެއްދޯ މަށަށް މަށަށް!

  17. ަކާކު

    ސާބަސް!

  18. އެ

    ދެން އެސޮރާ އިންނަންވީނު ހުސްކޮށް ހުރިއްޔާ ރީތިކޮށް އުޅެން

  19. ޢައްޒަ ގެ ފޭން

    މީ އައްޒަ ގެ ވަރައް ބޮދު ފޭން އެއް. ވވވވ ބޭނުން އައްޒަ އާއެކު ސެލްފީ އެއް ނަގަން??