ބޮލީވުޑް އެކްޓްރެސް ކަރީނާ ކަޕޫރަށް އިއްޔެ 38 އަހަރު ވެފައިވާއިރު، އޭނާ އަށް އުފާވެރި އުފަންދުވަހެއް ފާހަގަ ކޮށްދިނުމަށް ގާތް ރައްޓެހިންނާއި އާއިލާގެ މެންބަރުންވެސް ވަނީ އެތަކެއް ކަމެއް ކޮށްދީފައެވެ. އެގޮތުން އާއިލާ އާއި ރައްޓެހިންގެ ފަރާތުން ކަރިނާގެ އުފަންދުވަހުގެ މުނާސަބަތުގައި ފެޅި ކޭކްގައި ލިޔެފައިވަނީ "ޔޫ އާ އަވާ ރޮކް ސްޓާ" މިހެންނެވެ.

ކަރީނާގެ އުފަންދުވަހުގެ މުނާސަބަތުގައި ގިނަ އަަދަދެއްގެ ބޮލީވުޑް ތަރިންވެސް ބައިވެރިވެފައިވާއިރު، އެ ތަރިން ވަނީ މީސްމީޑިއާ މެދުވެރިކޮށްވެސް ކަރިނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އެގޮތުން އެކްޓަރު އަރުޖުން ކަޕޫރް ވަނީ އޭނާއާއި ކަރީނާ އަދި އެކްޓްރެސް އާލިއާ ބަޓް އާއެކު ނަގާފައިވާ ސެލްފީއެއް ޕޯސްޓްކޮށް ކަރީނާއަށް ތަހުނިޔާ ކިޔާފައެވެ.

ނަމަވެސް އަރުޖުންގެ ޕޯސްޓުން ގިނަ ބައެއްގެ ސަމާލުކަމަށް އައީ އަރުޖުން އާލިއާ އަށް ބޭނުން ކުރާ ވަނަން ލިޔެފައިވާއތީއެވެ. މީގެ ކުރިން އާލިއާ އާ އެ ނަމުން މުހާތަބު ކުރަނީ ހަމައެކަނި އަރުޖުން ކަމުގައިވިޔަސް، މިހާރު އެ ނަން އެވަނީ މުޅި ދުނިޔެއަށް އާންމުވެފައެވެ.

އެ ޕޯސްޓްގައި އަރުޖުން އާލިއާއާއި މުޙާތަބުކޮށް ބުނެފައިވަނީ "ބޭބީ ބެބޫ" އެވެ.

މި ހުރިހާ ދުވަހު ބޮލީވުޑްގެ "ބެބޫ" އަކީ އިއްޔެ އުފަންދުވަސް ފާހަގަ ކުރި ކަރީނާއެވެ. އޭނާއަށް ބޮލީވުޑްގެ ގިނަ ތަރިން "ބެބޫ" އޭ ކިޔާ މުހާތަބު ކުރާއިރު، ދެން ކުރިއަށް އޮތްތާ "ބޭބީ ބެބޫ"ގެ ނަމުން މުހާތަބު ކުރެވިގެންދާނީ އާލިއާއަށެވެ.

އަރުޖުން އާލިއާ އާއި ދިމާއަށް "ބޭބީ ބެބޫ" ކިޔަނީ ކީއްވެގެން ކަމެއް ހާމަކޮށްފައި ނުވާއިރު، އެކަމާއި ގުޅިގެން އަރުޖުން އަދި އާލިއާ ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ބޮލީވުޑް ތަރިންނަށް ވަނަމުން މުހާތަބު ކުރުމަކީ މަދުކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ނިރު

    ބޭބޫ އަކީ ކަރީނާ އާއިލާއިން ބޭނުންކުރާ ނިކް ނޭމް ބޭބޫ ، ލޯލޯ އަކީ ކަރިޝްމާއަށް ، ޗިންޓޫ އަކީ ރިޝީއަށް . ޑައްބޫ އަކީ ކަރީނާމެންގެ ބައްޕަ ރަންދީރު އަށް ކިޔާ ނަން