ވަފާތެރި ތެދުވެރި ބައިވެރިއެއް ލިބޭނީ މަދު ބަޔަކަށެވެ. މިއީ އެ ފިިރިހެން މީހާއަށް ލިބުނު ނަސީބަކަށްވެސް ވެދާނެއެވެ.

މިއީ ތައިލެންޑަށް ނިސްބަތްވާ ދެ ލޯބިވެރިންނެވެ. ލޯބީގެ ގޮތުން ތިން އަހަރު ދުވަސްވެ އިތުރު ދުވަސްތައްވެސް އެކުގައި ހޭދަ ކުރުމަށް އަތިތައްޔާ ނަމަކަށް ކިޔާ އެ އަންހެން މީހާ ހުރީ ތައްޔާރަށެވެ. އަތިތައްޔާގެ ލޯބިވެރިޔާ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާއިރު، ލޯބިވެރިޔާ ގާތުގައި އަބަދާއި އަބަދު އެހީތެރިވުމުގައި އުޅެނީ އެ އަންހެނާއެވެ.

އަތިތައްޔާ ނަމަކަށް ކިޔާ އެ އަންހެން މީހާ އޭނާގެ 21 އަހަރުގެ ލޯބިވެެރިޔާއަށް އެހީވުމަށް ވެވެން ހުރި ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުރިއިރު، އޭނާގެ ލޯބިވެރިޔާ ޕޫހްއަށް ލޮލުގެ ކެންސަރު ޖެހި މުޅި މޫނަށް އެކަމުގެ އަސަރު ވަނީކޮށްފައެވެ.

ޕޫހްއަށް ޖެހިފައި ވަނީ ވަަރަށް މަދުން ނުފެންނަ ކެންސަރު ބައްޔެކެވެ. އެކަމަށް ފަރުވާއެއް ނެތްކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ޕޫހްގެ އާއިލާއިން ބުނި ނަމަވެސް، އަތިތައްޔާ އޭނާގެ ލޯބިވާއަށްޓަކައި އެހުރީ ތައްޔާރަށެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ލޯބިވެރިޔާ ރަނގަޅުވެދާނެކަމުގެ އުއްމީދުގައެވެ.

މިއީ ހަމަ ލޯބީގެ މިސާލެއް ނޫން ހެއްޔެވެ؟. މިއީ އަހަރުމެން އެންމެން ބޭނުންވާ ފަދަ ލޯބިވެރިއެއް ނޫން ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިޒަން

    ތިކަހަލަ ކިތަންމެ އަންހެނުންނެއް މި ޤައުމުގަވެސް އެބަތިބި، ފިރިމީހާއަށް ވަފާތެރި ރަނގަޅު އަނބިން، ެއެކަމަކު ފިރިން އަތްފައި ހެލި ސަލާމަތުން ތިބޭތީ އެމީހުން އުަލެނީ އުޅޭނެ ގޮތަކަށް. ޥަފާތެރި ރަނގަޅު ހެޔޮއެދޭ އަނބިމީހާ އޮފީސް މަސައްކަތް ކޮށްފަ، ގޭތެރޭގެ މަސައްކަތްކޮށްފަ ދަރިންނާ ފިރިމީހާގެ މަސައްކަތް ކޮށްފަ ގޭތެރޭގަ އިންނަނީ ފިރިމީހާގެ އަޅާލުމެއް ނުލިބޭ، .