ލަވަައެއްގައި މޮޅު ގޮތަކަށް ލޯ މަރާލައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ޕްރަކާޝްގެ ދެވަނަ ލަވަ ފުރަތަމަ ލަވަޔާއި ޚިލާފަށް ކާމިޔާބެއް ނުވިއެވެ. ކުރިންވެސް މޮޅު ގޮތަކަށް ލޯ މަރަލައިގެން މީހުން ޖާދޫގައި ޖެއްސީ މަލިޔާމަލަމް ފިލްމް "އޮރޫ އަދަރް ލަވް" އިންނެވެ. މިފަހަރުވެސް ހަމަ އެ ފިލްމުގެ "ފްރީކް ޕެން" ނަމަކަށް ކިޔާ ލަވައަކުން ޕްރިޔާ ފެނިގެންގޮސްފައިވާއިރު، ކުރީ ލަވައާއި ޚިލާފަށް މިފަހަރު މީހުންގެ ސަމާލުކަން ހޯދުމުގައި ޕްރިޔާއަކަށް ކާމިޔާބެއް ނުކުރެވުނެވެ.

މީސްމީޑިއާގައި ފާޑުކިޔަމުން ގިނަ ބަޔަކު ބުނެފައިވަނީ ޕްރިޔާގެ އެ ލަވަ ވެސް ހަޑި ކަމަށާއި އޭގެ އިތުރަށް އެ ލަވައިގައި ޕްރިޔާގެ އެކްޓިންއާއި ހިތްހަމަ ވެސް ނުޖެހޭ ކަމަށެވެ. އަދި ޕްރިޔާއަށް ވުރެ ރަނގަޅަށް އެ ލަވައަށް އެކްޓް ކުރެވޭނެ އެހެން ތަރިންވެސް އެބަހުރި ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ ޕްރިޔާ ދަށްކޮށް މީސްމީޑިއާގައި ފާޑު ކިޔާފައެވެ.

ޔޫޓިއުބްގައި ޕްރިޔާގެ މި ލަވައަށް 71 ހާސް ލައިކް ލިބުނު ނަމަވެސް 428 ހާސް ޑިސްލައިކް ވަނީ ލިބިފައެވެ. އެއާއެކު މި ލަވަ ވެގެންގޮސްފައި މިވަނީ ޔޫޓިއުބްގެ އެންމެ ގިނަ ޑިސްލައިކް ލިބުނު ލަވައަށެވެ.

One-Hit Wonder Priya Varrier’s Second Song Fails To Impress Audiences, Gets Trolled Mercilessly

ގިނަ ބޮލީވުޑް ފިލްމުތަކަކުންވެސް ފުރުސަތު ލިބެމުން އަންނަ ޕްރިޔާ އަންނަނީ އެކިއެކި އިސްތިހާރުތައް ވެސް ކުޅެމުންނެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުން ޗޮކްލެޓް އިސްތިހާރެއް ވެސް ކުޅެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

"އޮރޫ އަދަރް ލަވް" ގައި ޕްރިޔާ ފެނިގެންދާ ދެވަނަ ލަވައަށް މީހުންގެ އެހާ ގިނަ ފާޑުކިޔުންތައް ލިބެމުންދާއިރުވެސް، އެކަމާއި ގުޅިގެން މިހާތަނަށް ޕްރިޔާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކުރިން ޝެޑިއުލް ކުރެވިފައި ހުރި އިސްތިހާރުތަކާއި ލަވަ އަދި ޝެޑިއުލް ކުރެވެމުންދާ ފިލްމުތަކުން މިފަހަރު ކަން މި ވީ ގޮތުން ދެން ފެންނާނެތޯ ނުވަތަ ނޫންތޯ މިއީ ގިނަ ބައެއްގެ ސުވާލެއްވެސް މެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައައްކު

    ހަހަހަހަ.... ސުނިޔަންކާއަށް ކޮންލަވައެއް ކިޔޭނީ

    • ޕްރިޔާ

      ވާނުވާ! ކެކެކެކެ