ވާހަކަނުދެއްކޭ މީހެއްކަމަށް ހެދިގެން 12 އަހަރުވަންދެން އުޅުނު މީހަކު، މުޅި އުމުރު ދުވަހު އެގޮތަށް އުޅެން މަޖުބޫރުވެއްޖެއެވެ. އެއީ އަސްލު އޭނާ ބޭނުންވި ގޮތެއް ނޫނެވެ.

ޗައިނާއަށް ނިސްބަތްވާ އެ މީހާއަކީ ވާހަކަނުދެއްކޭ މީހެއްކަމަށް ހެދިގެން އުޅުނީ މީހަކާއި ތަޅާ ފޮޅުމަށްފަހު އެހެން އަވަށަކަށް ގޮސް ދިރިއުޅުން ބަދަލު ކުރި ފަހުންނެވެ. ޒެންގ ނަމަކަށް ކިޔާ އެ މީހާއަކީ މީގެ ކުރިންވެސް ބޮޑު ބޭބެ މަރާލި މައްސަލައެއްގެ ދައުވާ އުފުލާފައިވާ މީހެކެވެ.

އެ ހުރިހާ މައްސަލަތަކުން ސަލާމަތްވުމަށް އޭނާ އެހެން އަވަށަކަށް ބަދަލުވެ 12 އަހަރުވަންދެން އުޅުނީ ވާހަކަނުދެއްކޭ މީހެއްގެ ގޮތުގައެވެ. އޭނާ އެ އަވަށުގައި އުޅުނީ އޭނާއަށް ކިޔާ އަސްލު ނަންވެސް އޮޅުވައިގެންނެވެ.

އަންހުއި ޕްރޮވިންސްއަށް ބަދަލުވެ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި އޭނާ އުޅެމުންދިޔައިރު، އޭނާ އެތަނުން މީހަކާއި ކައިވެނިވެސް ކުރިއެެވެ. އަދި ދަރިއަކުވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އެ މީހުންނާއިވެސް އޭނާ ވާހަކައެެއް ނުދައްކައެވެ. އެއީ އޭނާއަކީ ކާކުކަން ފަޅާ އަރާފާނެތޯއެވެ.

އެހެން އޭނާ އުޅެމުންގޮސް، އޭގެ 12 އަހަރު ފަހުން ފުލުހުން ކުރިއަށްދިޔަ ހައުސްހޯލްޑް ސާވއެއްގައި ހުރިހާކަމެއް ފަޅާއެރީއެވެ. އެއީ އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް އެއްޗެއް ނެތުމުން ފުލުހުން އެންމެ ފަހުން އޭނާގެ ޑީއެންއޭ ޓެސްޓު ހެދުމުންނެވެ. މިކަންތައް ފަޅާ އެރުމުގެ އިތުރުން އޭނާއަށް ލިބުނީ އެއަށްވުރެ ބޮޑު ލަޑެކެވެ.

އޭނާ މީހުންނާއި ވާހަކަ ނުދައްކާނުދައްކާ ގޮސް އެއްވެސް ވަރަކަށް މީހުންނާއި ވާހަކަނުދެއްކޭ ހޮސާބަށް އޭނާގެ ހާލަތު ވަނީ ގޮސްފައެވެ. އަދި އޭނާ މީގެ 12 އަހަރު ކުރިން ކުރި ކުށުގެ އަދަބުގެ ގޮތުން މަރާލަން ވަނީ ނިންމާފައެވެ.