ޕްރިންސް ހެރީގެ އޭނާގެ އަނބިކަނބަލުން މެގަން މާކަލް އާއި ކައިވެނި ބައްލަވައިގެން ދުވަހު ބޭނުން ކުރި ވެޑިން ވެއިލްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ހާމަކޮށްފިއެވެ. އެއީ އެންމެ ފުރަތަމަ ހެރީއާއެކު ޑޭޓަކަށް ދިޔައިރު މޭގަން ލައިގެން ހުރި ހެދުމުގެ ފެބްރިކް ކޮޅެއް އެ ވެޑިން ވެއިލްގައި ހަރުކުރެވިފައިވާ ވާހަކައެވެ.

މޭގަން މި ސިއްރު ހާމަކޮށްފައިވަނީ ކައިވެންޏަށްފަހު ދުވަސްގަނޑަކަށްފަހު މި ވެއިލް ފެނުމުންނެވެ.

"ވެޑިން ވެއިލްގެ އެތެރޭގެ ކޮންމެވެސް ހިސާބެއްގައި ނޫ ކުލައިގެ ފެބްރިކް ކޮޅެއް އިންނާނެ. އެއީ އަހަރެންނާއި ހެރީގެ އެންމެ ފުރަތަމަ ޑޭޓްގައި އަހަރެން ލައިގެން ހުރި ނޫ ހެދުމުގެ ފެބްރިކް ކޮޅެއް" މޭގަން ބުނެފައިވެއެވެ.

16 ފޫޓް ހުންނަ މޭގަންގެ ވެޑިން ވެއިލް އަކީ ކޮމަންވެލްތު އާއި އޮންނަ ހާއްސަ ގުޅުންވެސް ރަމްޒު ކޮށްދޭ ވެއިލްއެއްކަން ފާހަގަކޮށްލެވެއެވެ.

"އަހަރެން ވަރަށް އުފާވޭ މިފަދަ ކަމެއް ކުރެވުނީމަ އަހަރެމެން ދެމީހުންނަށްވެސް އެހާ ހާއްސަ ދުވަހެއްގައި. އަދި މިފަދަ ކަންކަމަސް އަހަރެމެން ދެމީހުންވެސް އިސްކަން ދޭތީ އާއިލާއިންވެސް ވަރަށް އެޕްރިޝިއޭޓް ކުރި" މޭގަން އިތުރަށް ބުނެފައިވެއެވެ.

ކައިވެނީގައި ހަފްލާގައި މޭގަން ބޭނުން ކުރި ހެޑްބޭންޑްގައި ހުރި މާ ތަކަކީ ވެސް ކޮމަންވެލްތުގެ 53 ގައުމުގެ ހިއްސާވެސް އޮންނަ ރީތި ކްރިއޭޓިވް ބޭންޑެކެވެ.

މޭގަން އާއި ހެރީ ކައިވެނި ބައްލަވައިގަނެފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    އެއްވެސް މީހަކަށް އެކަން ނޭންގި، ސަމާލުކަމަށް ނައީމަ އެންމެފަހުން އަމިއްލަޔަށް އެކަންވެސް އިސްތިހާރުކޮށްލީދޯ.. ބޮޑުވަރު..

  2. ޢިސްތިއުމާރު

    ކޮމަންވެލްތް ރަމްޒުކޮއްދެނީ އިސްތިއުމާރުކުރި ގައުމުތައް

  3. ވާނުވާ

    ދެން އަހަރުމެނަން ކޮން ބަލާވެރިކަމެއްތަ؟ ކޮންފަދަ ކަމެއްތީ

  4. ސަޒުނާ

    މިއީއެއްވެސް ވަރަކަށް މުހިއްމު ހަބަރެއްނޫން.