މީގެ ކުރިން ގިނަބަޔަކަށް ސިހުން ގެނުވި އެއް ޚަބަރަކީ ބޮލީވުޑް އެކްޓަރު އަޔުޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކަޝްރަބް އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށްވެ ފަރުވާ ހޯދަމުން އަންނަ ހަބަރެވެ. މި ހަބަރު އާންމު ވުމާއެކު ބޮލީވުޑްގެ ގިނަ ތަރިން ތަކެއްވެސް ތަހިރާއަށް އަވަސް ޝިފާއަކަށް އެދި މީސްމީޑިއާގައި ޕޯސްޓްކޮށްފައިވާއިރު، އަޔުޝްމަންގެ ފޭނުންވެސް ވަނީ ހިތްދަތި މެސެޖްތައް ލިޔެ އެ ހިތާމައިގައި ބައިވެރިވެފައެވެ.

މިކަމާއި ގުޅިގެން ދާދިފަހުން އަޔުޝްމަން ވަނީ ބަލި ވާހަކަ އާންމު ކުރުމަށް ތާހިރާ ކުރި ޕޯސްޓް ރީޕޯސްޓްކޮށް އެ ހިތާމައިގައި ބައިވެރިވި އަދި ހެޔޮ ދުއާކޮށް ހިތްވަރުދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ.

"ހުރިހާ އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި ދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ފާއިތުވި 7 ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި ވަރަށް އުނދަގޫ ދުވަސްތަކެއް. އެކަމަކު އަހަރެމެން ދެމީހުން އެކުގައި މިކަމާއި ޗެލެންޖްކޮށް ކާމިޔާބު ކުރާނަން" އަޔުޝްމަން ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

https://www.instagram.com/p/BoCJITTBaOA/?utm_source=ig_embed

 

ތާހިރާ ފަރުވާ ހޯދަމުން އަންނަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

2011 ވަނަ އަހަރުގައި ކައިވެނި ކޮށްފައިވާ އަޔުޝްމަން އާއި ތާހިރާއަށް ދެ ކުދިން ލިބިފައިވާއިރު، ތާހިރާގެ ބަލީގެ ސަބަބުން އެ ދެކުދިންނަށްވެސް ވަނީ ހިތާމަވެރިކަން ތަހައްމަލުކުރަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު