އިންޑިއާގެ ހައިދަރް އާބާދުގައި އަލަށް ކައިވެނި ކުރި ދެމަފިރިއަކަށް، އަންހެން މިހާގެ ބައްޕަ އަނިޔާކޮށްފިއެވެ. މަސްތުވެގެން ހުރެ މި ދެމަފިިރިންނަށް އަނިޔާކުރި އެ ބައްޕަ ވަނީ އަންހެން މީހާގެ އަތްވެސް ބުރިކޮށްފައެވެ. އަދި ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށްވެސް ވެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާގެ ހާލު ސީރިއަސްއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ އިންޑިއާގެ އެހެން އަވަށެއްގައި މާބަނޑު އަނބިމީހާ ކުރިމަތީ، ބައްޕަ އޭނާގެ ދަރިފުޅު މަރާލިތާ ދެ ދުވަސް ފަހުންނެވެ.

މި މައްސަލައަ ގުޅިގެން މިހާރު އުމުރުން 42 އަހަރުގެ މެނޮހާރް ޗަރީ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އެގޮތަށް ކަންތައް ކޮށްފައި ވަނީ، އެ ދެ މަފިރިންގެ ގުޅުމާއި މެދު ހިތްހަމަނުޖެހިގެންކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަންދީޕް ނަމަކަށް ކިޔާ އެ ފިރިހެން މިހާ އާއި، މަދާވް ނަމަކަށް ކިޔާ އެ އަންހެން މީހާ ކައިވެނިކޮށްފައި ވަނޯ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރު ފަހުންނެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ ފައްޅިއެއްގައި ސިއްރުންނެވެ.

އަދި މިދިޔަ ބުދަ ދުވަހު މެނޮހޮރް އޭނާގެ ދަރިފުޅަށް ގުޅާ ގެއަށް އައުމަށް އެދުނެވެ. އަދި މި ދެމަފިރިން ދިއުމުން ދެ މީހުންނަށްވެސް ވަނީ ހަމަލާ ދީފައެވެ، މި ހަމަލާ ތަކުގައި އަންހެން މީހާގެ އަތް ބުރިއިރު، އޭނާގެ ނިތްކުރިއަށްވެސް ގެއްލުންތަކެއް ވަނީ ވެފައެވެ.

އަދި މެންހޮރް ބުނީ، އޭނާ ބޭނުންވީ ދަރިފުޅު މަރާލުމަށް ކަމަށެވެ. އަދި އޭނާ އަންނާނީ އެކަނިކަމަށް، ހީކުރެވުނުކަމަށްވެސް މެންހޮރް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނިގޮތުގައި، އެ ދެމަފިރިންގެ ގުޅުމެއް އޮންނަކަމެއްވެސް އޭނާއަށް ނޭގެެއެވެ. އެކަން އެނގުނީވެސް އެ ދެ މީހުން ކައިވެނި ކުރި ފަހުން ކަމަށް މެންހޮރް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު