އަތައަކީ ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އަދި އެއީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް އާންމު މޭވާއެކެވެ. އަތަ ބޭނުންކޮށްގެން ހަދާ ބުއިންތަކާއި ތައްޔާރުކުރާ ކާނާތަކަކީ އޭގައި ހާއްސަ ރަހައެއް އެކުލެވިގެންވާ ބުއިންތަކާއި ކާނާތަށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަތައަކީ އޭގެ މީރުކަމާއި އެއްވަރަށް އޭގެއިން ސިއްހަތަށްވެއް ފައިދާ ހުރި އެއްޗެކެޗެ.

އެގޮތުން އަތައިން ލިބޭ ބައެއް ފައިދާތަށް ތިރީގައި އެވަނީއެވެ.

• އެންޓި-ބެކްޓީރިއަލް މާއްދާތަށް އެކުލެވިގެންވުން

އަތައިގައި އެކުލެވޭ އެންޓިބެކްޓީރިއަލްގެ މާއްދާތަކުގެ ސަބަބުން ހަށިގަނޑު އިންފެކްޓް ވުމާއި ޖަރާސީމުން ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދީ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ.

ކެންސަރު ޖެހުމުން ދުރުކޮށްދިނުން

އަތައިގައި އެކުލެވޭ ފައިޓީކެމިކަލްސް އާއި އެންޓިއޮކްސިޑަންޓްސް ހަށިގަނޑުގައި ހުންނަ ވިހަތައް ނައްތާލައެވެ. އަދި މިއީ އުރަމަތީގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެއްވެސް މެއެވެ.

• ހިތުގެ ބަލި ތައް ޖެހުމުގެ ފުރުސަތު ދަށްކޮށްދެއެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްވެސް އަތައަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން އަތައިގައި އެކުލެވޭ، ސައިގައި ހުންނަ މާއްދާތަކެއް ކަމަށްވާ ފައިޓޯކެމިކަލްސް ގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށް، ހަށިގަނޑުގައިވާ ލިޕިޑް މަދުކުރެއެވެ. އަދި މިކަމުގެ ސަބަބުން ސްޓްރޯކް އާއި ހާޓް އެޓޭކް ޖެހުމުން ދުރުކޮށްދެއެވެ.

ބިހި ނެގުމުން ދުރުކޮށްދިނުން

މޫނުގައި ނުވަތަ ގައިގެ ބައެއް ތަންތާގައި ބިހި ނެގުމަކީ ގިނަ މީހުންނަށް ކުރިމަތިވެފައިވާ ތުރާލެކެވެ. ނަމަވެސް އަތައިގައި އެކުލެވޭ އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ބިހި ނަގާ މިންވަރު މަދުވެއެވެ.

• ހަށިގަނޑުގައި ރިއްސާވަރު ކުޑަކޮށްދިނުން

އަތައިގައި ހުންނަ ވިޓަމިން އަދި މިނަރަލްސްގެ މާއްދާތަކުން ހަށިގަނޑުގެ އެތެރެ ދުޅަވުމުން ދުރުކޮށްދީ ތަދު މަޑުކުރުމަށް އެހީވެއެވެ.