އިންޑިއާއަށް ނިސްބަތްވާ މީހަކު ސިންގަޕޫރުގެ ފުލުހަށް ގުޅާ އެކި ކަހަލަ ޖެއްސުން ކުރާކަމުގެ ތުހުމަތުގައި ތިން އަހަރަށް ޖަލަށް ލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެތައް ފަހަރު މަތިން އެ ފިރިހެން މީހާ ވަނީ އެގޮތަށް ކަންތައްކޮށްފައެވެ. އަދި އެކަމާއި އޭނާއަށް ނަސޭހަތްދީފައި ވެސް ވެއެވެ. އަދި ކުރިންވެސް އެ މައްސަލާގައި އޭނާ ޖަލަށް ލިއެވެ.

އުމުރުން 61 އަހަރުގެ ގުރްޗަރަން ސިންގ ނަމަކަށް ކިޔާ އެމީހާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގުރްޗަރަން ހައްޔަރުކޮށް ޖަލަށްލިއިރު، އޭނާ އާއްމުކޮށް މަސްތުހާލުގައި ހުރެގެން ގުޅަނީ 999 އަށެވެ. ގުޅާ ފުލުހުންނަށް ވަރަށް ޖެއްސުން ކުރާ ކަމަށް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ބުނެފައި ވެއެވެ.

އޭނާ އެންމެ ފަހުން މިގޮތަށް ގުޅާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. އެފަހަރު އޭނާ ދެ ފަހަަރަށް ގުލާފައިވާކަމަށް ވަނީ ބުނެފައެވެ. އޭނާ އެއް ފަހަރު ގުޅާފައި، ފޯން ނެގި ފުލުސް އޮފިސަރާއި، ދިމާލަށް ބުނީ ތިއީ މޮޔައެއް ކަމަށެވެ. އަދި އޭނާ އަވަށްޓެރިއެއްގެ ގޭގައި ބޮމެއް ހަރުކުރި ކަމަށްވެސް ބުނި ކަމަށް ވެއެވެ.

އެހެން ނަމަވެސް ފުލުހުން އޭނާގެ ފޯން ކޯލް ޓްރޭސްކޮށް، އޭނާ ބުނީ ގެއަށް ދިޔައިރު އެގެއިން އެއްވެސް އެކަހަލަ އެއްޗެއް ފެނިފައެއް ނުވެއެވެ. ފެނުނީ ތިން ބިޔަރު ދަޅެވެ. އެ މައްސަލާގާ އޭނާ ހައްޔަރުކުރި ކަމަށްވެސް ވެއެވެ.

އަދި އޭނާ އެ މަހުގެ ފަހުކޮޅު 15 ފަހަރެއްގެ މަތިން ފުލުަހަށް ގުޅިކަމަށް ވެއެވެ.

ސިންގ ފުލުހުންނަށް އުނދަގޫ ކުރާތާ މިހާރު 18 އަހަރު ވެދާނެއެވެ. އަދި 2016 ވަނަ އަހަރުވެސް އޭނާ ދެ އަހަރު ދުވަހަށް ޖަލަށްލިކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު