އުމުރުން 28 އަހަރުގެ ރެޗެލް ކާޓާއަކީ އަށް ކުދިންގެ މަންމައެކެވެ. އޭގެތެރެއިންވެސް، ހަ ކުދިންނަކީ ހަ އަހަރުން ދަށުގެ ތުއްތު ކުދިންނެވެ. މިހާ ގިނަ އައްދަދެއްގެ ކުދިން ބަލާ ބޮޑުކުރާއިރު، ތަކުލީފެކޭ އެއްވަރަށް ޚަރަދުވެސް ބޮޑުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ރެޗެލް އަކީ އެޔަށް ވުރެ މާ ހިންގުންތެރި މަންމައެކެވެ. އަތުން ދާ ފައިސާގެ އިތުރުން އެއްހާސް ޑޮލަރު ހަފްތާއެއްގެ މައްޗަށް އޭނާ ރައްކާކުރެއެވެ.

"އަހަރެމެން އެންމެންވެސް ބެކަޕް ބޭންކް އެކައުންޓެއް ގެންގުޅެން ވާނެ އަސްލު. އެއީ ވަރަށް ފަސޭހަކަމެއް ކުޑަ ހިތްވަރެއް ހުރިއްޔާ." ރެޗެލް އޭނާގެ ބްލޮގްގައި ލިޔެފައިވެއެވެ. އަދި އޭނާ ވަނީ އޭނާ ކުރި ބައެއް ކަންތައްތައް އޭނާގެ ބްލޮގް މެދުވެރިކޮށް އާންމުންނާއި ހިއްސާކޮށްފައެވެ.

Mother-of-six Krechelle Carter (pictured with her kids) has shared how she adjust the family budget for those times when she has to accommodate unexpected costs
ރެޗެލް އޭނާގެ ހަ އަަހަރުން ދަށުގެ ހަ ދަރިންނާއިއެކު

އެގޮތުން ފުރަތަމަ ކަމަކަށް އޭނާ ބުނެފައިވަނީ، ޓޭކް އަވޭ ތަކާއި ބޭރުން ކެއުމުގެ ބަދަލުގައި ގެއިން ކެއުމަށް އާދަކުރުމަށެވެ. އޭރުން ކޮފީ އާއި ކެއުމަށް ކުރެވޭ ޚަރަދުތައް ރައްކާ ކުރެވޭނެ ކަމަށް އޭނާ ބުނެއެވެ.

ދެވަނަ ކަމަކަށް އޭނާ ބާރު އަޅައިފައިވަނީ، ދަރިން ބަލަން ގޭގައި ހުރެގެން ވެސް އޮންލައިން ކޮށް، މާ ބުރަ ނޫން ކޮންމެވެސް ކުޑަ ވަޒީފާއެއް އަދާކުރުމަށެވެ. މިއީ ދަރިން ނިންދަވާފައި ލިބޭ ހުސްވަގުތުގެ ބޭނުން ކޮށްގެން، ލާރި ހޯދޭނެ ފަސޭހަ މަގެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ހަމަ އެހެންމެ ޕެޓްރޯލަށް ކުރާ ޚަރަދު ކުޑަކުރުމަށް، ހިނގައިފައި އުޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަމިއްލަ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ، ފުރަތަމަ ދުވަސްކޮޅު ދަރިން ގޮވައިގެން ހިނގާފައި އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށްވީ ކަމަށެވެ. ނަމަވެސް ހިނގާފައި އުޅެން ފެށުމުން މިހާރު އެއީ މާ ބޮޑުކަމަކަށް ނުވާ ކަމަށް އެނާ ބުނެއެވެ.

ރެޗެލް އިތުރަށް ބުނެފައިވަނީ، ގޭތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމަށްފަހު، ކޮންމެހެން ބޭނުން ކުރަން ނުޖެހޭ، ބޭނުން ނުހިފޭ އެއްޗެއް ވާ ނަމަ، ހެޔޮ އަގެއްގައި ވިއްކާލުމަށެވެ. އޭރުންވެސް ޖީބަށް ކޮންމެވެސް އެއްޗެއް އިތުރުވާނެ ކަމަށް ރެޗެލް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަހުރު

    އަޅުގަނޑުގެ މަމް 9 ކުދިން ވިހޭ.....