ތިމާވެށްޓަށް ލިބެމުންދާ ގެއްލުމުގެ ވާހަކައަކީ ކޮންމެ ދުވަހަކު އަޑުއިވޭ ވާހަކައެކެވެ. ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކަމީ ސައިންސްވެރިން އެކަމާއި މެދު އިއްތިފާގުވާ ކަމެކެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ތިމާވެށްޓަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު މަދުކަމެވެ. އަދި ސަފުން ޒުވާނުންނާއި ހަރުމީހުން މިކަމަށް ދޭ އަހަންމިއްޔަރުކަން ކުޑައެވެ.

ކުޑަކަމެކޭ ހިތާ އަތިރިމައްޗަށް އެއްލާލާ ކުނި ކޮތަޅުގެ ނަތީޖާއަކަށް ވަނީ ކަނޑުފަޅުގައި އުޅޭ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުކުރުމެވެ. ކުނި އެޅުން ހުށްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ވަނީ ޖެހިފައެވެ، އެކަން ފުރަ މާލެއަށް ބަލާލުމުންވެސް ފެނެއެވެ.

ވެމްކޯގެ މުވައްޒަފުން މާލެ ތެރެ ޒީނަތްތެރިކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އާންމުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބޭ މަންޒަރެއް ނުފެއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ މިހާރު އާއިލާތަކާއި އަދި އާންމު ފަރުދުންވެސް ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ރާޅުގަނޑު ސަހަރައްދު ކުނީގެ ގޮނޑަކަށްވެފައި އޮތުމެވެ. އެކި ކަހަލަގެ ޕްލާސްޓިކް ކޮތަޅާއި ފުޅިއާއި އަދި އެނޫންވެސް ކުނިބުނި ވަނީ އެ ސަހަރައްދަށް އަޅާފައެވެ.

ރާޅުގަނޑު ސަހަރައްދު ހަރާބުވުމުން ޒުވާނުންގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަދި އެތަނަށް ހިތްހަމަ ޖައްސާލުމަށް ގޮސް އުޅުނު އެތަށް މީހުންނަކަށްވެސް އަސަރެއް ނުކުރިއެވެ. ރާޅުގަނޑު ކުނިން ފުރިފައިވާތީ އަސަރު ކުރީ މިއަދު ހެނދުނު އެސަހަރައްދަށް އާއިލާއާއި އެކު މަޖާކޮށްލުމަށް ދިޔަ ކުޑަ ފިރިހެން ކުއްޖަކަށެވެ.

އެ ކުޑަ ފިރިހެން ކުއްޖާ ރާޅުގަނޑުގައި އެކި މީހުން އަޅާފައިވާ ކުނިތަށް ކޮތަޅަކަށް އަޅައިގެން ޑަސްބިނަށް އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެތަށް ބައެއްގެ ތައުރީފް ދަނީ މި ތުއްތު ކުއްޖާއަށް އޮހެމުންނެވެ.

ފިރިހެން ކުއްޖާ އޭނާގެ ފަރުދީ ވާޖިބު އަދާކޮށްފިއެވެ. އެހެންކަމުން މިއީ އެ ކުއްޖާގެ ކިބައިން ނަމޫނާ ލިބިގަނެ ފަރުދީ ޒިންމާ އެންމެންވެސް ނަގަން ވީ ވަގުތެވެ. ކުނިން ސަލާމަތްވެފައިވާ ވެށްޓެއް ގާއިމް ކުރުމަށް އެންމެން އެކަތި ގަނޑަކަށް ވާންވީ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Nubunan

    Farudhee zinmaa adhaakuraa nethaa voteves evarah Kankan kohdhinyma nuli

  2. ކަތްދަ

    ގުޑް ބޯއި.

  3. ދިވެހިމީހާ

    ދިވެހިންނަށް އެނގޭނީ އަބަދުވެސް ތިމާއަށް ލިބެންޖެހޭ ހައްގުތަކުގެ ވާހަކަ ދައްކަން. އަދާކުރަންޖެހޭ ޒިންމާ އެކަކުވެސް ހަނދާނެއް ނުހުރޭ.

  4. ގޯސް

    ސުވާލަކީ އާއިލާއާއި އެކު މަޖާކުރަން އަންގީއެއް ލައްވައިގެން ދިޔައީ ކީއްކުރަންހޭ.
    ތިކުއަޖާގެ މަސައްކަތް ބލައިގަންނަން. ނަމަވެސް ޑްރާމާ ކުޅުނީމާ ކާޑަ.

    • ސައްހަ

      ދޮގެއްވާ ނޫން

  5. ޞހހހހ

    އިޓްސް ނޯން އޭޒް ސީކިންގް ފޯ އެޓެންޝަން.