ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ މި މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް އެ ފިލްމުގައި ހަރަކާތްތެރިވާ އެކްޓްރެސް ކެޓްރީނާ ކައިފް ބުނެފިއެވެ.

މި ފިލްމުގެ ލޯގޯއާއި ފިލްމު ރިލީޒް ކުރާނެ ދުވަސް މިހާރު އާންމު ކޮށްފައިވާއިރު، ގިނަބަޔަކު ދަނީ މިހާރު މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ. އެހެންކަމުން މި މަހުގެ ފިލްމުގެ ޓްރެއިލާ އާންމުވާ ޚަބަރުވާނީ ފިލްމުގެ ވާނުވާ ބަލާލާ ހިތުން ކެތްމަދުވެފައި ތިބަ ފަރާތްތަކަށް އުފާވެރި ޚަބަރަކަށްކަން ގައިމެވެ.

 

ތާރީޚީ ބުރިއްޖެއްގައި ޝޫޓް ކޮށްފައިވާ މި ފިލްމަކީ ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް މެއޮޑީވްސް ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.

ކެޓްރިނާގެ އިތުރުން އެކްޓަރު އާމީތާބު ބައްޗަނާއި ފާތިމާ ސަނާ ޝެއިޚްގެ އިތުރުން އާމިރް ޚާންވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ރިލީޒިން ތާރީޚް ދާދިފަހުން އާމިރްގެ ލަފާގެ މަތިން ވަނީ ޑިލޭކޮށްފައެވެ. އެއީ ކުރިން ހަމަޖެހިފައިވާ ގޮތަށް ދިވާލީ އަށްފަހު ފިލްމު ރިލީޒް ކުރުމުން މާ ބޮޑު ތަރުހީބު ލިބޭނެ ކަމަށް ލަފާ ކުރެވޭތީއެވެ.

އެހެންކަމުން މިހާރު "ތަގްސް އޮފް ހިންދުސްތާން" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ އަށްވަނަ ދުވަހުއެވެ.