އުމުރުން 37 އަހަރުގެ އަންހެނަކު މަރުވިކަމަށް ކަނޑައަޅާ ވަޅުލިފަހުން، އެތައް ދުވަހެއް ވަންދެން ދިރިއޮތްކަން ހާމަވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ބްރެޒިލްއަށް ނިސްބަތްވާ އެ އަންހެން މީހާ މަރުވެއްޖެކަމަށް ހޮސްޕިޓަލުން ކަނޑައެޅީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ހޮސްޕިޓަލުން އޭނާ މަރުވީކަމަށް ކަނޑައެޅީ ކުއްލި ޝޮކެއް ޖެހި ނޭވާލުން ހުއްޓުމުންނެވެ. އެއާއި އެކު ރޮސެންގަލާ ނަމަަކަށް ކިޔާ އެ އަންހެން މީހާގެ އާއިލާއިން ވަނީ އޭނާ ޖެނުއަރީ 29 ވަނަ ދުވަހު ވަޅުލުމަށް ނިންމާފައެވެ.
އޭނާ ވަޅުލި ދުވަހަށްފަހު އެ ހިސާބުން ދާ މީހުނަށް، މީހަކު ހަޅޭލަވާ އަޑާއި ރޯއަޑު އިވޭކަމަށް ވެއެވެ. އެ އަޑުތައް އިވިފައި ވަނީ އޭނާ ވަޅުލާފައި އޮތް ގަބުރުސްތާނު ހުރި ސަރަޙައްދުންނެވެ. އޭނާ ވަޅުލާފައި އޮތް ހިސާބުގައި ތަފާތު އަޑުއަޑު އިވޭކަަމަށް ބައެއް މީހުން އޭރު ދިޔައީ ބުނެއެވެ. އެހެން ނަމަވެސް އެ މީހުން ހީކުރަނީ އެއީ ބަޔަކު އެ މީހުންނަށް ޖެއްސުމަށް ތަފާތު އަޑުއަޑު ލައްވަނީ ކަމަށެވެ. އަދި އަނެއް ބަޔަކު ނިންމައިގެން ތިބީ އެއީ ޖިންނީންގެ ކަމެއް ކަމަށެވެ.
މިގޮތަށް ކަންތައްވަމުންދާ ޚަބަރު ލިބުމުން ރޮސެންގަލާގެ އާއިލާއިން ނިންމީ އޭނާގެ މަހާނަ އަލުން ކޮނެ ބަލާށެވެ. އެއީ އޭނާ ވަޅުލިތާ 11 ދުވަސް ފަހެވެ. އެ މީހުން އެ މަހާނަ ކޮނެ ބެލިއިރު، އޭނާ އޮތީ މަރުވެފައެވެ.
އެހެން ނަމަވެސް އޭނާ ވަޅުލާފައި އޮތީ މަރުނުވެކަން، ތަހުލީލުތަކުންނާއި ފެންނަންހުރި ހެކިތަކުން ވަނީ ޔަގީންވެފައެވެ. އެގޮތުން ކަފުން ކުރުމަށް ބޭނުންކޮށްފައިވާ ކަފަ އޭނާގެ ނޭފަތުގައި އާއި ކަންފަތުން ނައްޓާފައިވުމާއި އެކު ވަޅުލިއިރު އޮތްގޮތަށް ވުރެ ހަށިގަނޑު ވަރަށް ބޮޑަށް ތާފާތުކަމަށް ވަނީ ފެނިފައެވެ. އަދި އޭނާ އެ މަހާނަ ތެރެއިން ނުކުންނަށް މަސައްކަތް ކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ. މިކަމާއި ގުޅިގެން ތަހުލީލުތައް ކުރިއަށްގެންދިޔަ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އޭނާ އެ ހާލުގައި މަރުނުވެ މަދުވެގެން ދިހަ ދުވަސް ހޭދަކުރި ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން، ބްރެޒިލްގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ.
ސޯސޭޑް ?
ޟަރުވެފައިވާ މައްޔިތުންގެ ފޮޓޯ އާއްމު ނުކުރުމަށް ބުނެލަން
ސުބްޙާނަﷲ.
މާތް ﷲ އެކިމީހުންގެ މަރު ގެންދަވާނީ އެކި ގޮތަށް.