ފައިސާގެ އާ ނޫޓުތަކެއް ޕްރިންޓުކޮށް، ފަޤީރުންނަށް ބަހަން ނިންމާފައިވާ ކަމަށް ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރ އެންލޭންލާ ނޭން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އެންލޭންލާ ވިދާޅުވީ، ދެކުނު އެފްރިކާގެ ސަރުކާރުން ނިންމާފައިވަނީ އެތައް ބިލިއަން އެމެރިކާ ޑޮލަރަކާއި އެއްވަރަށް އެޤައުމުގެ ފައިސާ ޕްރިންޓުކޮށް އެޤައުމުން ފަޤީރުކަން ނައްތާލުން ކަމަށެވެ. އަދި އެކަމުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އެއީ ގިނަ ބަޔަކު މިހާރުވެސް އެދޭގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަޤީންކުރާނަން، އަލަށް ޕްރިންޓުކުރާ ފައިސާ ފަޤީރުންނަށް ހަމަހަމައަށް ލިބޭކަން. އަދި ޤައުމުގައި ދިރިއުޅޭ މީހުންނަކީ ފުދިގެން އުޅޭ ބަޔަކު ކަމުގައި ހަދާނަން. ރައްޔިތުން ފަޤީރުވަނީ ވަޒީފާ ނެތުމަކުންނެއް ނޫން. ޤައުމުގައި ނެތީ ފައިސާ. އަޅުގަނޑުމެންގެ އަތުގައި ކަރުދާހާއި ކުލަ އެބަހުރި. އެހެން ކަމުން ދެން ކަންބޮޑުވާކަށް ނުޖެހޭނެ،" އެންލޭންލާ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ޕްރިންޓް ކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ވަކި ޢަދަދެއް އެންލޭންލާ ހާމަކުރައްވާފައި ނުވާއިރު، އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހައި ދުވަސް ތެރޭގައި ފައިސާ ޕްރިންޓް ކުރަން ފަށާނެ ކަމަށެވެ. އަދި އެކަން ހުއްޓާލާނީ ޤައުމުން ފަޤީރުކަން ނެތިދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންލޭންލާ ވިދާޅުވީ، މި މަސައްކަތް ކާމިޔާބުވެއްޖެނަމަ ދެކުނު އެފްރިކާގެ ރައްޔިތުންގެ ތެރޭގައި ގިނައިން ތިބޭނީ ބިލިއަނަރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެނޮނީމަސް

    އެކަމަކު އިންފްލޭޝަން އިންތިހާއަށް މަތިވާނެ ވާހަކަ ހަނދުމަކޮށް އަރުވަން

  2. ރާއްޖޭގެ އެންމެ ފަހުން ނެރުނު އާ ނޫޓުގެ "ސް" ޖެހި 500 ރުފިޔާގެ ނޫޓުތައް ޑޮލަރަށް ބަދަލު ކޮށްގެން ސައްޙަ ފައިސާއަށް ބަދަލު ކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކަމުގެ ހަބަރު ދޫދޫ މަތިން ކިޔާ އަޑު އިވޭ.. ފަގީރުންނަށް ބަހަން ފެނޭ..

  3. ސ ނުން ސޮނި މުގާބޭ (އަންނި)

    ވެރިންނަށް މޮޔައިން ތިބީމަވާގޮތް ބައްލަވާލައްވާ