ކަންނެތްވެގެން އޮންލައިންކޮށް ވިޔަފާރި ކުރާ މީހުން މަދެއް ނޫނެވެ. މިގޮތަށް ކުރާ ވިޔަފާރިތަކުން ވަރަށް ގިނައިން ލަނޑު ލިބޭ ވާހަކަ އެއީ މީގެ ކުރިންވެސް އަޑުއަހާފައި ހުންނާނެ ވާހަކަތަކެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. އުމުރުން 32 އަހަރުގެ މީހަކަށް މި ވަނީ އޭނާ ހިތްފަޅައިގެންދާ ވަރުގެ ބޮޑު ލަނޑެއް އޮންލައިންކޮށް އެއްޗެއް ގަތުމުން ލިބިފައެވެ. އީވާން ލިއު ނަމަކަށް ކިޔާ އެ މީހާ އޮންލައިންކޮށް ގަންނަން އޯޑަރު ކުރީ ސްމާޓް ފޯނެކެވެ.

އެހެން ނަމަވެސް އެެއަށް އިންތިޒާރުކޮށްގެން އިންދާ ލިބުނީ ބަދަލުގައި ދެ ވެޓް ޓިޝޫއެވެ. 792 ޑޮލަރަށް އޭނާ އޯޑަރަށް ދިން އެ ފޯނުގެ ބަދަލުގައި އޭނާއަށް ލިބުނު ދެ ޓިޝޫ ޕެކެޓް އޮތީ ފޯނު ފޮށީގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ލާޒާޑާ އޮންލައިން ނަމަކަށް ކިޔާ އޮންލައިން ޕްލެޓްފޯމަކުން އޭނާ އެ ފޯން ގަންނަން އޯޑަރުކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަސް ތެރޭގައެވެ. އޯޑަރު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް އެ ލިބުނު ނަމަވެސް، އެއީ އޭނާ އޯޑަރު ދިން އެތި ނޫންކަމުން އެކަން ލަޒާޑާގެ ކަސްޓަމަރ ސާވިސްއަށް އޭނާ އެންގިއެވެ.

އަދި އޭނާއަށް ލިބުނު ޕާރްސަލް އަނބުރާ އޭނާ ފޮނުވާލިއިރު، އަދި އެ ފޯނަށް އޯޑަރުދިންތާ ދެ މަސްފަހުން ފޯނު ނުލިބިގެން އޭނާ އެކަން އަނެއްކާވެސް އެންގިއެވެ. އެހެން ނަމަވެސް ފޯނު ލިބިފައެއް ނުވެއެވެ. ލަޒާޑާ އިން ބުނީ، ލެވިން އަނބުރާ ފޮނުވި އެ ޕާރުސަލް އެ މީހުންނަށް ނުލިބޭ ކަމަށެވެ.

އެންމެ ފަހުން ލެވިން ރުޅި އައިސްގެން އެކަން މީސް މީޑިޔާގައި ހިއްސާކުރީއެވެ. އޭގެ ފަހުން އޭނާއަށް އެ ފޯން ގަންނަން ދިން ފައިސާ އަނބުރާ ލިބުނުކަމަށް ވެއެވެ. އަދި އެކަން ބަލަމުންދާކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެއްސެއް

    ކޮންމެހެން ކަންނެއް ވެގެންނެއް ނޫން މީހުން އޮންލައިން ކޮށް އެއްޗެހި އޯޑަރކުރަނީ. އަގުހެޔޮ ކުރަން، ރަނގަޅު އެއްޗެއް ބޭރުގެ ގައުމަކުން ގެނައުމަށް، އެހެން ވީމަ ހަބަރު ލިޔާ އިރު ރަނގަޅަށް މައުލޫމާތު ހޯދައިގެން ލިޔެބަަލަ. މީ 2018 މީހުން ވިޔަފާރި ކުރާނެ އޮންލައިން ކޮށްވެސް. އެކަން ހަޖަމް ނުވަންޔާ ވަގުތުން އޮންލައިން ނޫސް ނުހިންގާ ޕްރިންޓް ކޮށްގެން ނޫސްބަހާނީ