މި އަހަރުގެ މެއި މަހުގެ ތެރޭގައި ބެލުންތެރިންނާއި ހަމައަށް އައިސްފައިވާ ބޮލީވުޑް ފިލްމު "ރާޒީ" އިން ގިނަ ބައެއްގެ ތައުރީފް އަމާޒްވި އެއް އެކްޓަރަކީ ވިކީ ކައުޝަލް އެވެ. މި ފިލްމުގައި ވިކީ ދެއްކި މޮޅު އެކްޓިން އަށްފަހު އޭނާއަށް ބޮޑެތި ފިލްމުތަކުންވެސް ފުރުސަތު ލިބެމުން އަންނައިރު، ބައެއް މީހުން ދެކެނީ ވިކީ އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ.

ނަމަވެސް މިއީ މުޅި އަކުން ތެދެއް ނޫންކަން މިވަނީ ދާދިފަހުން ހާމަވެފައެވެ. އެއީ ޝޯއެއްގައި ވާހަކަ ދައްކަމުން ވިކީ ބުނެފައިވަނީ އޭނާގެ ބްރޭކްއަޕްއަށް ފަހު މިހާރު މުޅިންވެސް ހަޔާތަށް މޮޅިވެރިކަން އައިސްފައިވާ ކަމަށާއި މިހާރު މުޅިންވެސް އަޑު އަހަނީ ހިތާމަވެރި ލަވަކަމަށެވެ.

"އަހަރެންނަކީ ކުރިން އެހާ ލަވަ އަޑު އަހާ މީހެއްވެސް ނޫން. އެކަމަކު މިހާރު ބްރޭކްއަޕް ދުވަސްކޮޅު ވީމަ މުޅިންވެސް އަޑު އެހެނީ ހިތާމަވެރި ލަވަ. ހުރިހާ ބްރޭކްއަޕްތަކެއްގައިވެސް ހިތާމަ ވެރި ލަވަ އަޑު އެހުމާ ގުޅުނު ހުންނާނެ." ވިކީ ބުނެފައިވެއެވެ.

ވިކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑް ފިލްމު "ތަޚްތް" އިންނެވެ. މިއީ "ކުޗް ކުޗް ހޯ ތާހޭ" އާއި "އޭ ދިލް ހޭ މުޝްކިލް" ފަދަ އެތަކެއް ކާމިޔާބު ލޯބީގެ ފިލްމުތަކަކާއި ފެމިލީ ޑްރާމާތަކެއް ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރް ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

"ތަޙްތް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު