ރޭޕް ކުރުން ގިނަ އިންޑިއާގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖެ ރޭޕް ކޮށްލައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގި މިހާދިސާގައި އެ އަންހެންކުއްޖާ ރޭޕް ކޮސްފައިވަނީ ފެން ހޮޅިއެއް ބޭނުންކޮށްގެންނެވެ. އެ ކުޑަ އަންހެން ކުއްޖެއްގެ ހާލު ސީރިއަސްވެ އޭނާ އަށް ނިއުދިއްލީ ހޮސްޕިޓަލްގައި މިހާރު އަންނަނީ އެޓްމިޑްކޮށްގެން ފަރުވާ ދެމުންނެވެ.

އިންޑިއާގެ ނިއުދިއްލީ ހޮސްޕިޓަލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ކުއްޖާއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކާއި ގުޅިގެން ސާޖަރީތަކެއް ހަދާފައިވާ ކަމަށެވެ.

މި މައްސަލާގައި އިންޑިއާގެ ފުލުހުން ވަނީ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.

ރޭޕްގެ ޝިކާރައަކަށް ވި ކުއްޖާގެ މަންމަ މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅު ރޭޕް ކުރި މީހާ ދަންޖައްސަން ޖެހޭ ކަމަށާއި، މިފަދަ އަމަލެއް ހިންގާ މީހަކު އުމުރަށް ޖަލަށްލުމަކީ މާ ކުޑަ އަދަބެއް ކަމަށާއި، އޭނާ އެ ކުރި ކަންތަކާއި ބަލާއިރު އެއީ އުމުރު ދުވަހުގެ ޖަލު ހުކުމަކީ އެއްވެސް އެއްޗެއް ނޫން ކަމަށެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އިންޑިއާގައި ރޭޕް ކުރުން އާންމުވެ ބައެއް އަވަށްތަކުގައި، ކުޑަކުދިން ރޭޕްކުރާ މީހުން މެރުމަށް ދަނީ ބޮޑެތި ގާނޫނުތައް ފާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާޓު

    އެކަމަކު އަދިވެސް މިމީހުން ތެޅޭނީ ރާއްޖޭގެ

    ސިޔާސީ ކަންކަމާ ހެދީ. ފުރަތަމައަށް އަމިއްލަ

    ގައުމުގައި ހިނގާ ކުށްތައް ހުއްޓުވައި އިންސާފު

    ހޯދައި ދީބަލަ.

  2. ޙަސަން

    ތިމީހުން މިރާއްޖޭގެ އަމްނު ބަލަހައްޓަން އައިމާ ސަޅި ވާނެނު

  3. އާބިދާ

    ޖަޒީރާ ސަޕޯރޓަރެއްގެ ހައިސިއްޔަތުން އިބޫއަށް ކުރަން ބޭނުންވާ އިލްތިމާސަކީ ރޭޕިސްތާނުން ރޭޕްގެ މައްސަލައަށް ހައްލެއް ނުގެންނަހާ ހިނދަކު އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކޮށް މިކަހަލަ ދަށުދަރަޖައިގެ އަމަލުތަކަށް ހިތްވަރު ނުދިނުމަށް. ރޭޕްގެ މައްސަލަ ހައްލުވަންދެން ބޮއިކޮޓްކޮށްލާ، ޕްލީޒް.

  4. ހާދަ ހެއްވައޭ

    މޯދީގެ ގެރިސްތާންގައި ތީ މިހާރު ސަޤާފަތެއް. ދަޢުވަތު ދީގެން ގެންދާ މީހުންނަށްވެސް ތިޔަ މެހުމާދާރީ އޮންނާނެ. އަދިވެސް ބައިވަރު ވެރައިޓީޒް. އަވަހަށް ވަޑައިގަނޭ.

  5. ޙަސަނުބޭ

    އަނެއްކާ ފެށުނީދޯ!!

  6. ޖީންސް

    މަ ހިތަށް އަރަނީ ޗައިނާ ގާތްކުރަންވެގެން މިއޮތް ހުރިހާ ދުވަހު އިންޑިޔާގެ ކަޑަމުގެ ވާހަކަ ނޫސްތަކުގައި ލިޔުމަށްފަހު ނޮވެންބަރު 17 ގެ ފަހުން އިންޑިޔާ ކުއްލިއަކަށް މަލުގެ ބަގީޗާއަކަށްވެ، ޗައިނާ މީހުންގެ ނުލަފާކަމުގެ ވާހަކަ ކޮންމެ ދުވަހަކު ޚަބަރުތަކުން ފެންނަނާނެބާ އޭ؟؟؟