ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހިންދީ ޑްރާމާ ސީރީޒް "ކަސައުޓީ ޒިންދަކީ ކޭ" ގެ ސީޒަން ދޭއް މިރޭ ފަށާނެ އެވެ.

ސްޓާ ޕްލަސްއިން މި ސިލްސިލާ ދައްކާނީ ކޮންމެ ހަފްތާއަކު ހޯމައިން ހުކުރު ދުވަހުގެ ރެއާއި ހަމައަށެވެ. މިފަހަރު ސީޒަންގައި ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފެނަންޑޭޒެވެ. އަދި އަނޫރާގް ބާސޫގެ ރޯލް ކުޅެނީ ޕާތު ސަމްތާން އެވެ.

ގިނަ ބައެއްގެ މަގްބޫލް ކަން ހޯދާފައިވާ ކޮމޯލިކާގެ ރޯލުން ފެނިގެންދާނީ ހީނާ ހާން އެވެ. މީގެ ކުރިން ސްޓާ ޕްލަސް އިން ދެއްކި "އިސް ޕިޔާރް ކޯ ކިޔާ ނާމު ދޫން" އިން މަޝްހޫރުކަން ހޯދި ބަރުން ސޮބްތީ ފެނިގެންދާނެ އެވެ. ބެލެވޭ ގޮތުގައި އޭނާ ފެނިގެން ދާނީ ބަޖާޖްގެ ބައިންނެވެ.

ކަސޯޓީގެ ޕްރޮޑިޔުސަރު އެކްތާ ބުނެފައި ވަނީ ކަސޯޓީ ގެނެސްދިނުމަށް ނިންމާފައިވަނީ ކުރީގެ ކޮންސެޕްޓަށް ކަމަށާއި މި ފަހަރުގެ ސިލްސިލާ ވެސް ބިނާވެފައި އޮންނާނީ މުޖުތަމައު ތެރޭގައި ކަން ހިނގާ ގޮތަށްކަމަށެވެ. މިފަހަރުގެ ސިލްސިލާވެސް ބިނާވެފައި ވަނީ މުއްސަނދި ޒުވާން ފިރިހެނަކަށް، އޭނާއާ އެކަށީގެންވާ ވަރުގެ އަންބަކު ހޯދަން އާއިލާ އިން ކުރާ މަސައްކަތާއި އެ މީހުންގެ ހަޔާތުގެ ވާހަކައެއްގެ މަށްޗަށެވެ.

ކަސޯޓީ ޒިންދަކީ ކޭ ސިލްސިލާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 1423 އެޕިސޯޑު ދައްކާފައިވެއެވެެ. ނަމަވެސް މިފަހަރުގެ ސީޒަން ދެމިގެންދާނެ ވަރެއް ކަސޯޓީގެ ޕްރޮޑިއުސާ އެކްތާ ކަޕޫރު ހާމަކޮށްފައެއް ނުވެއެވެ.

މިރޭ ކަސޯޓީ ޒިންދަކީ ކޭ ފެށާއިރު އެއީ އެތަށް އަހަރެއްވަންދެން ގިނަ ބަޔަކު ކުރަމުން އައި އުންމީދެއް ހަޤީގަތަކަށްވުން ކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަމު ކުއްޖާ

    މިފަހަރު ބަޖާޖު ކިތައް ފަހަރު މަރުވެފަ ދިރޭނެބާ..؟؟؟؟

  2. ސުރުމުތީ

    ޢެއްކަލަ ފޮނިވި ހީނާ ކޯސްޓަރަކަން

  3. Kaira

    އަޅެ މަ އެ ވަރަށް އެ އޭކްތާ ކައިރީގަ ބުނިން އެރިކާއާއި ގުޅޭނީ ޝަހީރްއޭ... ބުނީމަވެސް އޭނީ އަނުރާގްގެ ރޯލްއަށް ކޮންމެ ވެސް ޕާތެއްލާފަ...

  4. ހަހުރަ

    އެއްޗެއްގެ އަލާ ކެނޑުނީމާ އެ ދައްކައިގެން ވާނީ ކޮން ފައިދާއެއް؟؟؟