ރާއްޖޭގެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް ޝޯވކަމަށްވާާ މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ މިރޭގެ ޝޯވގައި ރީތި ލަވަތަކެއް ވަނީ އިވިގެން ގޮސްފައެވެ.

ބައިވެރިންގެ ފަރާތުން ރީތިލަވަތަކެއް އިވިގެން ދިޔަކަަމަށް ޖަޖުންވެސް ބުނިއިރު، މާދަމާ ރޭ މީގެ ތެެރެއިން ކަޓައިގެން ދާނެ ދެ ބައިވެރިން އެނގޭނެއެވެ.

މިރޭގެ ލަވަތަކަށް ބަލާއިރު، އެންމެ ފުރަތަަމަ ޝަހުދާންއެވެ. ޝަހުދާންގެ ފަރާތުން ރީތި ލަވައެއް ވަނީ އިވިގެން ގޮސްފައެވެ. ޖަޖުން ވެސް ވަނީ ޝަހުދާންގެ ލަވަ ކިޔުނު ގޮތް ރީތިކަމަށް ތައުރީފްކޮށްފައެވެ. އޭނާއަށްފަހު ލަވަ ކިޔާދިން ބައިވެރިޔާއަކީ ޒަރޭއެވެ. އޭނާގެ ލަވައަށް ގިނަ ޖަޖުން ދިނީ 100 އެވެ.

ޒަރޭއަށް ފަހު ދެން ލަވަކީ ކޮކީއެވެ. ކޮކީގެ ލަވަވެސް ޖަޖުންނަށް ކަމުދިޔައެވެ. ދެން ލަަވަކީ ތަސްލީމެވެ. ތަސްލީމްގެ އަޑަށް ޖަޖުން ތައުރީފް ކުރިއެވެ. އެހެން ނަމަވެސް ނާޒިހުގެ ފަރާތުން ޖަޖުން ބޭނުންވި ހުށަހެޅުމެއް ނުފެނުނެވެ. ނާޒިހުއަށްފަހު ލަވަ ކިޔާދިނީ ސައިނާއެވެ. ސައިނާގެ އަޑުހުރީ ހަލާކުވެފައިކަމަށް ޖަޖުން ފާހަގަކުރިނަމަވެސް، އޭނާގެ އަޑަށް ޖަޖުން ތައުރީފް ކުރިއެވެ.

ސައިނާއަށްފަހު ދެން ލަވަކިޔާފައި ވަނީ ސަލްވާއެވެ. ސަލްވާގެ ލަވަވެސް ރީއްޗެވެ. ޖަޖުން ވަނީ ސަލްވާ ރަނގަޅު ކުރާނެ ކަންތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. މިރޭގެ ޝޯވގައި އެންމެ ފަހުން ލަވަ ހުށަހަޅާދިނީ ސަމީލުއެވެ. ސަމީލުގެ ލަވައަށް ވެސް ޖަޖުން ތައުރީފް ކުރިއެވެ.

މިރޭގެ ހުރިހާ ލަވަތަކެއް ވެސް ރީއްޗެވެ. މިރޭގެ ޝޯވގައި ބައިވެރިންގެ ފަރާތުން ފެނިގެން ދިޔަ ހުށަހެޅުމާއެކު މާދަމާ ރޭ ޝޯވގައި އައިޑޮލްއާ ވަކިވާނެ ދެ ބައިވެރިން ކަށަވަރުވާނެއެވެ. އަދި މި ބި ބައިވެރިން ދެން އަންނަ ޝޯވއަކުން ފެންނަން ބޭނުންވާނަމަ މާދަމާ ހަވީރު 16:00 ގެ ނިޔަލަށް އެސްއެމްެއެސް ކުރެވޭނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުނޫޝާ

    ރިއާނު ބެލިންތަ އައިޑަލް ރަނގަޅަށް. ކޮކީގެ ލަވަ ޖަޖުންނަށް ކަމަކު ނުދޭ.