ބޮލީވުޑްގެ ފިލްމް އުފައްދާ އެންމެ ވަރުގަދަ އެކަކުގެ ގޮތުގައި ކަރަމް ޖޯހަރް ހިމެނެއެވެ. އޭނާއަކީ ގިނަ ތަރިންނާއި ވަރަށް ގުޅޭ މީހެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެހެންވެ ގިނަ ތަރިން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް ކަންތައްތައް ކޮށްދޭންވެސް ބޭނުން ވެއެވެ.

އެހެން ނަމަވެސް އެ ހުރިހާ ތަރިންގެ ތެރެއިންވެސް އާލިއާ ބަޓްއަކީ ކަރަންއަށް ވަރަށް ހާއްސަ މީހެކެވެ. ކަރަންއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ، ކުރިން އާލިއާ އަކީ ކަރަންގެ ދަރިއެއް ގޮތަށް ދެކެމުންދިޔަ މީހެއްވެސް މެއެވެ. އަދި މިހާރުވެސް ދެކެމުން ދަނީ އެހެންނެވެ.

މިވަގުތު ކަރަން ހުރީ ޕެރިސްގައެވެ. ގޫޗީ ފެޝަން ޝޯވއަށް ޕެރިސްގައި އޭނާ ހުރިއިރު، އޭނާގެ ދެ ދަރިން ވަރަށް ހިތްހަމަ ޖެހިގެން އުޅެމުން ދަނީ އާލިއާ އާ އެކުގައި ކަމަށް ވެއެވެ. އެ ކުދިން ބަލަން ހަވާލުކޮށްފައި ވަނީ އާލިއާ އާއެވެ.

ކަރަންގެ ދެ ދަރިން ކަމުގައިވާ ޔަޝް އާއި ރޫހީ މިހާރު ތިބީ އާލިއާގެ ބެލުމުގެ ދަށުގައެވެ. އަދި އެ މީހުންނަށް ވަަރަށް ރަނގަޅަށް ބަލަމުން އަންނަކަމަށް ވެއެވެ.

ކަރަން މިހާރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުން ދެއެވެ. އެއީ ބަރަމަސްތްރާ އާއި ސިމްބާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓަނު

    ޢަހަރެމެން ގޭދޮށު ޒަލްފާ ޑޮކްޓަރަށް ދައްކަން މާލެދިޔާއީމާ އެނާގެ ދަރިންފަތި ބަލަނީ ރަގީބާ