ނޭފަތް ތެރެއަށް ދިޔަ ސޭފްޓީ ޕިނެއް ނަގަން އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއްގެ އޮޕަރޭޝަނެއްކޮށްފިއެވެ.

އިންޑިއާގެ ވެސްޓް ބެންގަލްގައި މި މަހުގެ އަށް ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ނޭފަތުން ވަރަށް ބައިވަރު ލޭ ފައިބަމުން ދިޔަ ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ނޭފަތަށް އެ ޕިން ގޮސްފައި ވަނީ އެ ޕިން ބޭނުންކޮށްގެން ނޭފަތް ކޮއްޓަމުން ދަނިކޮށެވެ. އެ ޕިން ނޭފަތް ތެރެއަށް ގޮސްގެން އޭނާ އުޅުނީ ވަރަށް ބޮޑަށް ރިއްސާތީއެވެ. އެހެންވެ އޭނާ ޑޮކްޓަރަށް ގެންދިއުމުން ޑޮކްޓަރުން ބުނީ، ވަގުތުން އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށެވެ.

އޭނާގެ އޮޕަރޭޝަން ކުރުމުގެ ކުރިން އެކްސޭ ނެގިއެވެ. އެ އެކްސްެރޭއިން ފެންނަ ގޮތުގައި، އޭނާގެ ނޭފަތް ތެރޭގައި ޕިނެއް ހަރުލާފައި ހުރިކަން އިނގެއެވެ. އެހެން ނަމަވެސް އެ ޕިން ނޭފަތުގެ ލޯވަޅުން ނަގާނަަމަ އޭނާއަށް އިތުރު ގެއްލުންތަކެއް ވެދާނެ ކަމަށް ބަލައި. ޑޮކްޓަރުން އޭނާ އޮޕަރޭޝަންކޮށް ނޭފަތުގައި ހަރުލާފައިވާ އެ ޕިން ނެގީ އަނގައިންނެވެ.

އަދި މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ވަނީ މިހާރު ހޮސްޕިޓަލުންވެސް ދޫކޮށްފައެވެ.

ޑޮކްޓަރުން ވަނީ އެކި އެއްޗެހި ބޭނުންކޮށްގެން ނޭފަތް ނުކޮށްޓުމަށް އެދިފައެވެ. އަދި އެއީ ނުރައްކާތެރިކަމެއްކަން ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު