ފާއިތުވި ހައެއްކަ މަސް ދުވަހު އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ޚަބަރެއް މީޑިއާ އިން ނުފެންނަ ދުވަހެއް މަދު ވާނެއެވެ. ދެމީހުންގެ ގުޅުމާއި މެދު މީޑިއާ އިން ކުރަމުން އައި ސުވާލުތަކަށް ޖަވާބު ލިބި ދެމީހުން، އެންގޭޖްވެ މިހާރު ކައިވެންޏަށް ތައްޔާރުވަމުންދާ ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރ މަހު ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރާނެއެވެ. ނަމަވެސް އޭގެ ކުރިން މިއޮތީ ތަފާތު ޚަބަރެކެވެ. ޔީއެސް އޯޕެން ފެށުމުގެ ގޮތުން ބޭއްވި އިވެންޓެއްގައި ނިކް އާއި ޕްރިޔަންކާ ބައިވެރިވެފައި ވާއިރު އެއިވެންޓްގެ ވީޑިއޯ އަކުން ފެންނަ ގޮތުގައި ޕްރިޔަންކާގެ ބަނޑު ވަނީ ކޮންމެވެސް ވަރަކަށް ބޮޑުވެފައެވެ.

އެއާއި އެކު މީޑީއާ އިން މިހާރު ކުރާ ސުވާލަކީ ނިކްގެ ދަރިއަކަށް ޕްރިޔަންކާ ބަލިވެ އިނީ ހެއްޔެވެ؟ މިސުވާލަށް އަދި ޕްރިޔަންކާ ވެސް ނިކް ވެސް ޖަވާބެއް ނުދެއެވެ. އަދި އެމީހުންގެ ގާތް މީހެއްގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

https://www.instagram.com/p/BnyTuaahwkl/?utm_source=ig_embed

ކައިވެނި ނުކުރަނީސް ޕްރިޔަންކާ ބަނޑުބޮޑު ވެއްޖެ ނަމަ އެކަން ވެގެން ދާނީ އިންޑިއާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާނެ ކަމަކަށެވެ. ކައިވެނި ނުކޮށް ދަރިން ހޯދުމަކީ އިންޑިއާގެ އާދަކާދަތަކާއި ވަރަށް ބޮޑަށް ހިލާފު ކަމެކެވެ.

ޕްރިޔަންކާ އާއި ނިކްގެ އުމުރުގެ ތަފާތު ބޮޑުވުމުން ވެސް ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. ޕްރިޔަންކާގެ އުމުރުން މިހާރު 36 އަހަރެވެ. ނިކްގެ އުމުރުން އަދިވީ 24 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފޭސް

    ކާކަށް

  2. ފޭސް

    ކާކަށްބާ؟؟

  3. ޢަލީ

    ސުބުޙާނަﷲ ޙަރާމް ޙަރާމް، ތައުބާވޭ.

  4. އަލްޖިބްރާ

    ކުދަކުދިން ރޭޕްކުރާ ބަޔަކަށް ކައިވެނި ނުކޮށް ބަލިވެއިނުމަކީ މާބޮޑުކަމަށް ނުވާނެ ! އެހެންނޫނަސް އެހާ ޅަ ސޮރެއް އަތުައަޅުވާލައިގެން ގެންގުޅެވޭނީ އެސޮރުވެސް މައިތިވާނެ ގޮތެއް ހަދާދީގެނެއްނު !

  5. އަހުމަދު

    ރާއްޖޭގަ އުޅޭ ޕީސީ ވަރަށް އުފާވާނެ ތިކަމާ......

  6. Anonymous

    ބަލަ ކާފަރަކަށް ކޮން ހަލާލެއް ހަރާމެއް އޮންނާނީ.! އިންޑިއާގެ އާދަ ކާދައެއްނޫނޯ!! ބަލަ މިހާރު އެއްޖިންސުން ކައިވެނި ވެސް ކުރެވެއެއްނު!! އެހެންވީމާ ކޮބައިތަ މައްސަލައަކީ!!!! ހުޅަނގާ އެއްގޮތްކޮށްލީ! ދަރިގޮވައިގެން ކައިވެނި ޕާޓީ ބާއްވާ ނީ!!

  7. އޭނާ މިރޭ ދިމާވުމުން

    ކަލޭނޭ އެއާލާތުންގެ ކަލްޗރ * ހުއްދަވާނެ ކައިވެނީގެ ކުރިން. ބަނޑުބޮޑުވީމަތަ މަސައްލައަކީ. މިރާއްޖޭގައިވެސް ކައިވެނީގެ ކުރިން ކުރާނެކަމެއް ކުރަނީ. ދެން ކައިވެނީގަ ބަރަކާތެއް ހުންނާނެތަ. ހިލޭ އަންހެނެއްގެ ގައިގަ ބީހުމަށް ވުރެއް ތިނޯހެއް ބޮލަށް ހރާލުން ހުއްދައޭ ބުނެފަ އޮންނަ ހަދީސް އިން ދޭހަނުވޭތަ އެކަމުގައި ހުރި ފާފައާ ނުރައްކާތެރިކަން ބޮޑުކަމެއް. ހޭލާ. އަހަރުމެން އެންމެނަށްވެސް ހެޔޮވިސްނުން ދެއްވާ ޝައިތާނާގެ މަޅިތަކިން ސަލާމަތް ކުރައްވާށި

  8. ހެޔޮއެދޭ

    މީސްމީހުންނާ ބެހޭގޮތުން ޔަޤީން ކަމެއް ނެތްވާހަކަ ދެއްކުމަކީ މަސްކެއުން. އުމުރުން ދޮށިވުމަކީ މައްސަލައެއް ނޫން. ކީރިތި ރަސޫލު ( ޞ ) 25 އަހަރުފުޅުގައި 40 އަހަރުފުަޅުގެ ޚަދީޖާއާ ކައިވެނި ކުރެއްވުން މިކަމުގެ ހެއްކަކަށްވާނެ.

    • Anonymous

      ކޮއްކޯ އުމުރުން ދޮށީ ވާހަކައެއް ނޫން މި ދައްކަނީ ކައިވެންޏަކާނުލައި ބަނޑުބޮޑުވި ވާހަކަ!!

      • ލޯލް

        އަޅެ އެބުނީނުން؟ ޔަގީންކަން ނެތް ވާހަކަ ނުދައްކާށޭ..މުޅަ މަސްކެއުމޭ. ބަލަ ރަނގަޅަށް ކިޔާފަ ރިޕްލައި ކޮށްބަ

  9. ޙަސަން

    ކުދިންނޭވެ. ފޭނުންނޭ ސަޕޯޓަރުންނޭ ކިޔައިގެން ޣައިރު މުސްލިމުން އެދައްކާ ހަޑިމުޑުދާރު ޢަމަލުތަކަށް ނޯއޭ ބުނާށެވެ. ޙަރާންކަންކަން ވާނީ ޙަރާން ކަމަކަށެވެ. ތިފަދަ މީސްމީހުންނަށް ސަޕޯޓްކޮށް ހެދުމަށްވުރެ ރަށުގައިހުރި އެންމެ ގިނައިން ނަމާދުކުރާ ޤުރްއާން ކިޔަވާ މީހުންނަށް ހެޔޮކޮށްހޮތާ މީހާއަށް ނުވަތަ މީހުންނަށް ސަޕޯޓްކުރުން މާހެޔޮކަންބޮޑެވެ.

  10. ކެނެޑީ

    ދެން އަހަރުމެންނަށް ކީއްތަ؟ އެމީހުންގެ ދީނުގަ އެކަން އޯކޭ ވިއްޔާ ނިމުނީނު އަދި އޯކޭ ނުވިޔަސް އަހަރުމެންނާ ބެހެވޭތަ ދެން އެހެންނޫނަސް ދިވެހިން ކައިވެނި ކުރަންދާއިރު ހަށިހުސްތޯ ޔަގީން ކުރާ މެޑިކަލް ރިޕޯޓު ވަކި ފެމިލީ ކޯޓަށް ހުށަހަޅަން ޖެހޭތަ ހެހެހެ

  11. ބުރޯ

    "ނިކްއަށް 26 އަހަރު ފުރުން ޕްރިޔަންކާ ފާހަގަކޮށްފި" މި ވެސް ވަގުތުގަ އޮތް ޚަބަރެއް. މި އާޓިކަލްގަ އޮތީ 24 އަހަރު އޭ.