އެއްވެސް ތަފާތެއް ނެތް އެއްމާބަނޑު ދެބެއިން ނުވަތަ ނިބޫ ދެބެއިން އެއް ހޮސްޕިޓަލެއްގައި، އެއް ވަގުތެއްގައި ވިހައިފިއެވެ.

ބަލާބެލުމަށް މާބޮޑު ތަފާތެއް ނުހުންނަ ނިބޫ ދެއަންހެނުން ކަމަށްވާ އުމުރުން 30 އަހަރުގެ ޖެލީން އާއި ޖަނެލާ ބަލިވެ އިނދެ، އެއް ވަގުތެއްގައި ވިހެއުމުން އެމީހުންނަށް ވެސް ލިބިފައި ވަނީ ވަރަށް ހާއްސަ އުފަލެކެވެ.

ދެމީހުން ވެސް ކައިވެނި ކޮށްގެން އުޅެނީ އެމެރިކާގެ ދެ ސިޓީއެއްގައެވެ. ނަމަވެސް ދެމީހުން ވެސް ބޭނުންވީ އެއް ތަނެއްގައި ތިބެ ވިހާށެވެ. ޖެލީން ކެލިފޯނިއާގައި ދިރިއުޅޭ އިރު ޖައިލީން ދިރިއުޅެމުން އައީ އެރިޒޯނާގައެވެ.

ޖައިލީން ވަނީ ދުވަސް ފުރާ އޭނާ ވިހަން ޑޮކްޓަރު ދިން ތާރީޚްގެ ހަހަފްތާ ކުރިން އެއްމާބަނޑު ކޮއްކޮ ކައިރިއަށް ކެލިފޯނިއާ އަށް ގޮސްފައެވެ.

އެއް ވަގުތެއްގައި ވިހެއުމުގެ އުފާ ދެބެއިންނަށް ލިބުނީ އެއްވެސް ބޭހެއް ބޭނުން ނުކޮށް އިއްތިފާގަކުންނެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ޖައިލީން ބުނީ ކައިވެންޏާއި ހަމައަށް ހުރިހާ ކަމެއް ހިއްސާ ކުރަމުން އައީ ކޮއްކޮ އާއި އެކު ދަރިއަކު ލިބުމުގެ އުފާ ހިއްސާ ކޮށްލަން ލިބުމަކީ ވަރަށް އާދަޔާއި ހިލާފު އިހްސާސެއް ކުރެވޭ ކަމެއް ކަމަށެވެ.

ޖައިލީން އާއި ޖެއިލިން އެއްވެސް މައްސަލައެއް ދިމާނުވެ ވިހާފައި ވާއިރު ދެމީހުންނަށް ލިބިފައި ވަނީ ދެފިރިހެން ކުދިންނެވެ. ޖައިލީންގެ ދަރިފުޅަށް ކިޔާފައި ވަނީ ބްރާސީ އެވެ. ޖެއިލިންގެ ދަރިފުޅަށް ކިޔާފައި ވަނީ ޖޭސީ އެވެ.

ކިޔުންތެރިންގެ ހިޔާލު