އެކަނިވެރި ދިރިއުޅުމެއް އުޅޭ މީހުންނަކީ ބައެއް މީހުންނަށް ހީވާގޮތުގައި ހިތާމައިން ފުރިފައިވާ ހަޔާތެއްގެ ވެރިންނެވެ. އެހެންނަމަވެސް އެފަދަ މީހުންނަކީ އަސްލު ހަގީގަތުގައި އެބައެއްގެ ހަޔާތުގައި އެތައް އެތައް ކަމެއް ކުރުމަށް ފުރުސަތު ލިބިފައިވާ ބައެކެވެ. އެފަދަ މީހުންނަކީ އެބައެއްގެ ހުނަރުވެރިކަން އިތުރުކޮށް ހަޔާތް ބާއްޖަވެރި ކުރުމަށް އެތައް ކަމެއް ކުރެވެން އޮންނަ ބައެކެވެ. އެހެން މީހުންނަށް އެކަންކަން ކުރަން ނުލިބޭހާ ވަގުތު މިފަދަ މީހުންނަށް ލިބޭނެއެވެ.
އެންމެ ފުރަތަމަ ކަމަކަށް އެފަދަ މީހުންނަކީ އެބައެއްގެ ހުނަރުވެރިކަން އިތުރުކުރުމަށް ވަގުތު ފަސޭހައިން ލިބޭނޭ ބައެކެވެ. މިގޮތުން އިތުރު ގައުމުތަކުގެ ބަސްބަސް ދަސްކުރުމަށް އަދި ކެއްކުން ފަދަ އެހެން ހުނަރުތައްވެސް ދަސްކުރުމަށް ފަސޭހަކަމާއިއެކު ވަގުތު ލިބޭނޭ ބައެކެވެ. އަދި އެ މީހުންނަކީ ހަޔާތް ކުރިއެރުވުމަށްޓަކައި އެތައް ކަމެއްވެސް ކުރެވޭނޭ ބައެކެވެ.
އެކަނިވެރި ހަޔާތެއް ދިރިއުޅޭ މީހުންނަކީ އެބައެއްގެ ހަޔާތުގައި ލިބޭ ކުރިއެރުންތަކުގެ ސަބަބަކީ އެމީހުންގެ އަމިއްލަ ބުރަ މަސައްކަތުންކަމަށްވެސް އިހުސާސްކުރެވޭނޭ ބައެކެވެ. އަދި އެފަދަ މީހުންނަށް އެހެން ކަންކަމަށް އިސްކަމާއި ސަމާލުކަން ދިނުމަށްވެސް ފަސޭހަވާނޭ ބައެކެވެ. އެފަދަ މީހުންނަށް އެހެން މީހުންނަށް ފާހަގަނުވާވަރުގެ ކަންކަންވެސް ފާހަގަކުރެވިދާނެއެވެ.
އެކަނިވެރި މީހުން އެންމެ ގަދައަޅައި މަސައްކަތްކުރާނޭ ކަމަކީ އެބައެއްގެ ހަޔާތް ކާމިޔާބު ހަޔާތަކަށް ހެދުމަށެވެ. އެފަދަ މީހުންނަށް ހަޔާތުގައި ކާމިޔާބީ ހޯދުމަށްވެސް ފަސޭހަވާނެއެވެ. ބުރަ މަސައްކަތާއިއެކު އެމީހުންނަކީ ކުރިއަށް އޮތްތަނުގައި ވަރަށް ކާމިޔާބު ވާނޭ ބައެކެވެ. މިގޮތުން ހަޔާތުގައި ކާމިޔާބު މީހުންކަމަށް އާންމުކޮށް ފެންނަ މީހުންނަކީ ހަޔާތުގެ ކޮންމެވެސް އިރެއްގައި އެކަނިވެރިކޮށް ދިރިއުޅެ ކާމިޔާބީ ހޯދުމަށް ސީދާ އަމާޒުކަނޑައަޅާފައިވާ މީހުންނެވެ.
ސަޅި ލިޔުން ކޮޅެއް. ތެންކސް. އަދި އިތުރު ކޮއްލާނަން ތަންކޮޅެއް.. އެއީ ހަޔާތުގެ ބައިވެރިއެއް ލިބުނީމަ ލިބޭ ހިއްހަމަޖެހުންވެސް ވަރަށް ބޮޑުވެ ހަޔާތުގައި ދިމާވާ ކަންކަން ހައްލު ކޮށްލަން ފަސޭހަ ވުމެވެ.
ރިއަލީ؟ :0
މި ވަރަށް ރަގަޅު ވާހަކައެއް
ސަޅި