ދާދިފަހުން ބޮލީވުޑުން ރިލީޒް ކުރި ކާމިޔާބު ފިލްމް، "ޕެޑްމޭން" ޕާކިސްތާނުގައި އެޅުވުމަށް ހުއްދަ ނުދީ، ޕަންޖާބުގެ ފިލްމް ސެންސަރު ބޯޑުން އެ ފިލްމް ދެއްކުން މަނާކޮށް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ބޯޑުގެ މެމްބަރުން ބުނެފައިވަނީ، ފިލްމް "ޕެޑްމޭން" އެޅުވުމަށް ހުއްދަ ނުނީ "ބޭން"ކޮށްލީ އެ ފިލްމުގައި، މުޖުތަމަޢާއި ނުގުޅޭ މަންޒަރު ހުރުމުން ކަމަށެވެ. އެހެންކަމުން ޕާކިސްތާނުގައި އެފަދަ ފިލްމެއް އެޅުވުމަށް ހުއްދަ ދެވެން ނެތީ ކަމަށް އެ މެމްބަރުން ބުނެފައި ވެއެވެ.

"ޕެޑްމޭން" ރިލީޒް ކުރުމުގެ ދުވަސްކޮޅެއް ކުރިންވެސް، ޕާކިސްތާނުން އެ ފިލްމު ބޭން ކޮށްލާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔައިރު، އެފަރާތްތަކުން ބުނީ އެގޮތަށް ނިންމަނީ އެ ފިލްމުގައި މަޝްހޫރު ތަރި އަކްޝޭ ކުމާރު އުޅޭތީ ކަމަށެވެ. ނަމަވެސް ސެންސަރު ބޯޑުގެ މެމްބަރުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

"ޕާކިސްތާނުގެ ފިލްމީ ދާއިދާއާރި ގުޅުންހުރި ފަރާތްތަކުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި، އިންޑިއާގެ ފިލްމުތަކުގައި ހިމަނާފައިވާ ބައެއް މަންޒަރުތަކުގައި، އިސްލާމް ދީނާއި ޚިލާފު އަދި ޕާކިސްތާނުގެ ތާރީޚާއި ސަޤާފަތަށް ބުރޫ އަރާފަދަ ނޭދެވޭ ކަންކަން ހިމަނަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައި،" ޕަންޖާބުގެ ފިލްމް ސެންސަރު ބޯޑުން ބުނެފައި ވެއެވެ.

އެ ފަރާތްތަކާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި، ފިލްމް "ޕެޑްމޭން" އިން ފެނުނު ބައެއް މަންޒަރުތަކާއި ގުޅިގެން ފިލްމް އެކީގައި ބަލަން ސެންސަރު ބޯޑުގެ މެމްބަރުންވެސް ވަނީ ދެކޮޅު ހަދާފައެވެ.

އަކްޝޭގެ އިތުރުން ބޮލީވުޑްގެ އަރަމުންދާ ތަރި، ސޯނަމް ކަޕޫރު ފެނިގެންދާ މި ފިލްމަކީ، ރާޖް ބަލަކްރިޝްނަން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ފިލްމް "ޕެޑްމޭން" އިން ފެނިގެންދަނީ އަންހެނުންނަށް ދިމާވާ މައްސަރު ކަންތަކުގައި ސަމާލުވެ، ރަނގަޅު ޕެޑް ބޭނުން ކުރުމާއި އޭގެ މުހިންމުކަން އަންގައިދީ، އަތްފޯރާ އަގެއްގައި ޕެޑް ލިބޭނެގޮތް ހެދުމަށްޓަކައި މެޝިނެއް އުފައްދައިގެން ޕެޑް އުފައްދައި މުޖުތަމަޢަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް މީހަކު ޙައްލެއް ގެނައުމަށް ކުރާ މަސައްކަތެވެ.

މި ފިލްމު އިންޑިއާގައި އެޅުވި ފުރަތަމަ ދުވަހުގައި ވެސް 10.26 ކުރޯޑް ރުޕީސް ހޯދާފައިވާއިރު، ފިލްމް އަޅުވާފައި ވަނީ، ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމް "ޕަދްމާވްތް ވެސް" ސިނަމާގައި އޮއްވައެވެ. ނަމަވެސް އެ ފިލްމުގެ ސަބަބުން "ޕެޑްމޭން"އަށް އަސަރެއް ނުކުރާ ކަމަށް ފިލްމްގެ ޑައިރެކްޝަން ޓީމުން ބުނެފައިވެއެވެ. އެފަރާތުން ހާމަކުރާ ގޮތުގައި، ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި މި ފިލްމަށް އަދި މިއަށްވުރެ ބޮޑު ތަރުޚީބެއް ލިބިގެންދާނެއެވެ.

މި ފިލްމާއި ގުޅިގެން އަކްޝޭ ކުރިން ބުނެފައި ވަނީ، މި ފިލްމްގެ ސަބަބުން އިންޑިއާގައި އޮންނަ ބައެއް ކަހަލަ ސިއްޙީ ނުރަނގަޅު އާދަކާދަތައް ބަދަލުވެ، ރައްކާތެރި ގޮތުގައި ހުރިހާ އަންހެނުންވެސް ޕެޑް ބޭނުންކުރާނެ ދުވަހެއް އައުމަކީ ކުރެވޭ އުންމީދު ކަމަށެވެ. އަދި އިޝްތިހާރާއި ފިލްމް ޕްރަމޯޝަން ހަރަކާތްތަކުން ވެސް މުޖުތަމަޢަށް ހެޔޮ އަސަރެއް ކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށް އަކްޝޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފިލް

    މިރާއްޖޭގަ ނޭޅުވޭނެ ފިލްމެތް ނޯންނާނެ
    ?

    • ކޮބާ؟

      ކަލޭ ޕެޑް ޖަހާބަ

      • މުގޮށި

        ލޮލް ތިކޮމެންޓާ ހެދި މަ ހީ ހީ ހަލާކު

        • ސަލާމް

          ހާދަ މަޖައޭދޯ!

      • ކަލޭ

        ކަލޭ ފުރަތަމަ ޖަހާާ