މަޝްހޫރު ޓީވީ ޝޯ، ކޮފީ ވިތު ކަރަން ސީޒަން ހައެއްގައި މަޝްހޫރު ފިލްމު ޕްރޮޑިޔުސަރު ބޮނޭ ކަޕޫރުގެ ދެ ދަރިންކަމަށްވާ އަރްޖުން ކަޕޫރާއި ޖާންވީ ކަޕޫރު ބައިވެރިވާނީ އެކުގައިކަމަށް ހަބަރުތައް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ބައެއް ނޫންތަކުން އަރްޖުން އާއި ޖަންވީ އެކުގައި އޮން ސްކްރީނުން ފެނިގެންދާނެ ކަމުގެ އަޑުތަށް ފެތުރުފައިވާއިރު މިއީ އަރްޖުން އާއި އޭނާގެ ކޮށްކޮ ޖަންވީ އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ،

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާއި އެޝޯއަކީ ސްޓާ ވޯލްޑް އާއި ސްޓާ ޕްލަސް އަދި ސްޓާ ވަން އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ.

އުމުރުން 21 އަހަރުގެ ޖާންވީއާއި 33 އަހަރުގެ އަރުޖުން އަކީ އެއްބަފައި ދެބެންނެވެ. އެގޮތުން އަރުޖުން ލިބިފައިވަނީ މޯނާ ކަޕޫރާއި ކައިވެނިކޮށްގެންނެވެ. އަދި ޖާންވީ ލިބިފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި މަރުވި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސްރީދޭވީއާާއި ކައިވެނިކޮށްގެނެވެ. އަދި އެކައިވެންޏަށް އިތުރު އަންހެން ކުއްޖަކުވެސް ލިބިފައިވެއެވެ.

މީގެކުރިން ވެސް ޝޯގައި ބައިވެރިވުމުގެ ފުރުސަތު އަރްޖުންނަށް ވަނީ ލިބިފައެވެ، ނަމަވެސް މިއީ އެޝޯގައި ޖާންވީ ބައިވެރިވާނެ ފުރަތަމަ ފަހަރުވެސް މެއެވެ. ދެބެއިން އެކުގައި ޝޯއިން ފެންނާނެ ކަމުގެ އަޑުތަށް ފެތުރިފައިވިނަމަވެސް ޝޯވްގައި ޖާންވީ އަދި އަރްޖުން އެކުގައި ފެނިދާނެ ކަމަށް އޭގެތެރެއިން އެއްވެސް މީހަކު ރަސްމީ ސިފައެއްގައި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ބައެއް ހަބަރުތަށް ބުނާ ގޮތުން ޖާންވީ އެޝޯގައި ބައިވެރިވާނީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު "ދަޅަކް" ގެ ބަތަލު އިޝާން ކައްޓާރާއެކުގައެވެ،

2004 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކޮފީ ވިތު ކަރަން ޝޯ ދައްކަން ފެށިއިރު އެޝޯގައި ހާއްސަ ތިން ސެގްމެންޓެއް ހިމެނެއެވެ.