ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑް ފިލްމު "ތަގްސް އޮފް ހިންދުސްތާން"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މިއަދު ޓްރެއިލާ އާންމުކުރުމަށް ހާއްސަކޮށްގެން ހަފްލާއެއްވެސް ބާއްވާފައިވާއިރު، މި ހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންވަނީ ބައިވެރިވެފައެވެ. ޓްރެއިލާ އާންމުވުމާއެކު ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ. އަދި މިހާރު ފިލްމުގެ ޓްރެއިލާ ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ.

މި ފިލުމުގައި ލީޑް ރޯލުން ފެނިގެންދާނީ ބޮލީވުޑްގައި އެންމެ ގިނަ ދުވަސްވީ ކުޅަދާނަ ފަންނާނުންގެ ތެރޭގައި ހިމެނޭ އެކްޓަރު އަމީތާބު ބައްޗަންއެވެ. އޭނާ އާއިއެކު މި ފިލްމުން ފާތިމާ ސަނާ ޝެއިޚްގެ އިތުރުން އާމިރް ޚާން އާއި ކެޓްރީނާ ކައިފްވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ތާރީޚީ ބުރިއްޖެއްގައި ޝޫޓް ކޮށްފައިވާ މި ފިލްމަކީ ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިއީ ފިލްމީ ހަޔާތުގައިވެސް އަމީތާބާއި އާމިރް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް މެއޮޑީވްސް ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާ، އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށްޓަކައި މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.