މިއީ ވަރަށް ފަހުން ހިނގި ހާދިސާއެވެ. އިންޑިއާގެ ބެންގަލޫރްގައި އަންހެނަކު މަގުމަތީގައި އުޅެނިކޮށް އޭނާގެ ފައިސާ ވޮލެޓް ގެއްލެނީއެވެ. އޭނާ އުޅުނީ އެކަމާއި ވަރަށް ބޮޑަށް ހާސްވެގެންނެވެ.

އެ އަންހެން މީހާގެ ހުރިހާ ޑެބިޓް ކާޑެއްވެސް ހުރީ އެވޮލެޓްގައެވެ. އޭނާ އެކަމާއި ހެދި މާބޮޑު ވަރު ނުވަނީސް ޖަވާހިރެއް ފަދަ މީހަކު އޭނާއަށް އެ ވޮލެޓް ހޯދައިދިނީއެވެ. އޭނާއަށް އެ ވޮލެޓް ހޯދައިދިނީ އެ ވަގުތު މަގުމަތީގައި މަސައްކަތް ކުރަމުންދިޔަ ޓްރެފިކް ފުލުހެކެވެ.

އެ އަންހެން މީހާގެ އަތުން ވޮލެޓް ގެއްލުނުއިރު، އޭގައި 5000 އިންޑިއާ ރުޕީސްވެސް އޮތެވެ. އަދި އިތުރު ބައެއް މުުހިންމު އެއްޗެހިވެސް އޭގައި ހުއްޓެވެ. އެއިރު އެ ހިސާބުގައި ހުރީ އެ ފުލުސް މީހާއެވެ. އެ ފުލުސް މީހާއަށް އެ ވޮލެޓް ފެނުނީ މަގުމަތީ އޮއްވާ އެރޭ 8:00 ޖެހިއިރުއެވެ. އޭނާ ވަނީ އެ ވޮލެޓް އޭނާގެ އަތުގައި ބާއްވާފައެވެ.

އޭގެ ދެގަޑިއެއްހާ އިރުފަހުން އެ ސަރަހައްދަށް އައީ އަންހެނެކެވެ. އެ އަންހެން މީހާ އެ ސަރަހައްދަށް އައިސް އޭނާގެ ވޮލެޓް ގެއްލިގެން އުޅޭކަމަށް ބުނުމުން، އެ ފުލުސް މީހާ އެ އަންހެން މީހާއާ ވޮލެޓް ހަވާލުކުރީއެވެ.

މި ހަދިސާ ހިނގިގޮތް އެ ފުލުސް މީހާ މީސް މީޑިޔާގައި ކިޔާދިނުމުން އޭނާއަށް އެތައް ބަޔަކު ދަނީ ތައުރީފް އޮއްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެނޮނީމަސް

    ބަލަގަ ފުލުހުން ޖެހޭނޭ ތެދުވެރި ވާން....

  2. ރެދުފާތޭ

    މިތާ ފުލުހެއްނަމަ ކާލާނެ

  3. ނަން

    ފުލުހުންނަށް އެކަނި އޮތް ކަމެއް ނޫން އެއީ. ހަމަ އަހަރެމެން ކަހަލަ ކޮންމެ އަމިއްލަ ފަރުދެއްގެ ވެސް ޒިންމާއެއް އެއީ