ރީތާ ޝަމްވީހާ މަރުވިއިރު، އޭނާގެ އުމުރަކީ 25 އަހަރެވެ. 2016 ވަނަ އަހަރު ތެރޭގައި އޭނާ މަރުވީ، ސީދާ ކީއްވެކަމެއް އެއްވެސް މީހަކަށް ސާފެއް ނުވެއެވެ. ދަރިފުޅުގެ މަރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބައްޕަގެ ހިތުން ދަރިފުޅުގެ ހަނދާންތައް ނުފިލައެވެ.

ދާދި ފަހުން ރީތާގެ ބައްޕަ ވަނީ، އޭނާގެ ދަރިފުޅުގެ މަހާނަ ކައިރިއަށް ގޮސް، މަހާނަ ގަލެއްގެ ގޮތުގައި، ގަލުން ހަދާފައިވާ ބޮޑު އައިފޯނެއް މަހާނަ ގާ އިންނަ ތަނުގައި ބަހައްޓާފައެވެ.

ރަޝިއާ އަށް ނިސްބަތްވާ ރީތާގެ ބައްޕަ އެ ފޯން ގަނެ، ދަރިފުޅުގެ މަހާނަ ކައިރީ އެ ހަރުކުރި ނަމަވެސް، އެކަމާއި ގުޅެގޮތުން އެއްވެސް މީހަކަށް އޭނާ މައުލޫމާތު ދޭން ބޭނުން ނުވެއެވެ.

އެ ފޯނާއި ބޮޑަށް ވައްތަރީ އައިފޯން 7 އަކާއެވެ. އެ ފޯނުގެ ހޯމް ބަޓަން އާއި، ފްރޮންޓް ކެމެރާ އާއި ބެކް ކެމެެރާ، ފްލެޝް ލައިޓްވެސް ގަލުގައި ޑިޒައިންކޮށްފައި އިނެވެ. އަދި އެ ފޯނުގެ ސްކްރީން ސޭވައެއްވެސް އިނެވެ. އަދި އޭގައި ދަރިފުޅުގެ ނަމާއި، އުފަން ދުވަހާއި، އަދި މަރުވި ދުވަސްވެސް ލިޔެފައި ވެއެވެ.

އައިފޯނަކާއި އެއްގޮތަށް ތައްޔާރުކޮށްފައި އިން އެ މަހާނަ ގަލުގައި ގާތްގަނޑަަކަށް ފަސް ފޫޓު ހުންނާނެއެވެ.

އެ މަހާނަ ގާ ތައްޔާރުކޮށްފައި ވަނީ، ސައިބީރިޔާގެ އާޓިސްޓުންތަކެކެވެ. އެ މީހުންނަކީ މިފަދަ ތަފާތު ގޮތްގޮތަށް މަހާނަގާ ހަދާ އުޅޭ ބައެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު