ސެލްފީ ނެގުން މިހާރުވެގެން ގޮސްފައި ވަނީ ފެޝަންއަކަށެވެ. މިހާރު ސެލްފީ ނުނަގާ އުޅޭ މީހުން މަދު ވާނެއެވެ. ކޮންމެ ހާލަތެއްގައި އެންމެ ފުރަތަމަ ކަމަށްކަށް ކުރެވޭނެ ކަމަކީ އެއީއެވެ.

މިހާރު މިގޮތަށް ސެލްފީ ނަގަނީ ހަމައެކަނި އިންސާނުން އެކަންޏެއް ނޫނެވެ. އެކި ކަހަލަ ޖަނަވާރުންވެސް ސެލްފީ ނަގާ އުޅެއެވެ. އަދި އެ ސެލްފީތައް ކަމުގޮސްގެން މީސް މީޑިޔާއަށްލާ މީހުންވެސް މަދެއް ނޫނެވެ.

އެގޮތުން ވަރަށްފަހުންވެސް މިވަނީ އެފަދަ ސެލްފީއެއް އާއްމުންގެ ސަމާލުކަން ހޯދާފައެވެ. މިފަހަރު މިއީ ދެ ޕެންގުއިންއެއްގެ ސެލްފީއެވެ.

އެ ސެލްފީ ނަގާ ވީޑިޔޯއެއްވެސް އޮސްޓްރޭލިއަން އެންޓާޓިކް ޑިވިޝަންއިން ނެރުނުއިރު، އެ ވީޑިޔޯއިން ފެންނަނީ ދެ ޕެންގުއިން ވަރަށް ސީރިއަސްކަމާއެކު ކެމެރާއަށް ބަލަން ތިބޭ މަންޒަރެވެ. އަދި އޭގެއިން ފެންނަނީ އެ ދެ ޕެންގުއިން ސެލްފީއެއް ނަގަން ތައްޔާރުވެފައި ތިބޭ މަންޒަރެވެ.

ވޮޝިންގޓަން ޕޯސްޓްގައި ބުނެފައިވާގޮތުގައި، ގުރޫޕެއްގެ ބަޔަކު ޕެންގުއިން ތިބޭ ސަރަހައްދަކަށްގޮސް ބިންމަތީގައި ކެމެރޭ ބެހެއްޓީއެވެ. އަދި މިހާރު އެންމެންގެ ސަމާލުކަން ހުއްޓިގެން އުޅޭ ސެލްފީއަކީ އެ ދެ ޕެންގުއިން އެ ކެމެރާއަކީ ކޯއްޗެއްތޯ ބެލުމަށް ކައިރިވި ގަޑީ ނެގިފައި އިން ސެލްފީއެކެވެ.

ކިޔުންތެރިންގެ ހިޔާލު