ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް އާއި ފިރިމީހާ ސައިފް އަލީ ޚާންގެ ދަރިފުޅު ޓައިމޫރް އަލީ ޚާންއަކީ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ކުއްޖެކެވެ. އޭނާ ވިހެއީއްސުރެ އެތައް ބައެއްގެ ސަމާލުކަން ލިބި ލިބި، މިއަދު މީސް މީޑީއާގައި އުޅެމުންދާ އެއްމެނަށްހެން ތައިމޫރް އިނގޭނެއެވެ. އޭނާއަށް އެތައް ފިލްމެއް ކުޅުމަށް ފުރުސަތު ލިބުނެވެ. އިޝްތިހާރުތައް ކުޅުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެކަން ކަރީނާ ބޭނުން ނުވެއެވެ.

ތައިމޫރް ބަލަހައްޓަމުންދާ މީހާ (ނެނީ) އަކީ މިއަދު ތައިމޫރްގެ ކަންތައް އެންމެ ބޮޑަށް އިނގޭ އެކަކެވެ. އެންމެ ކުޑައިރުން ފެށިގެން ތައިމޫރްގެ ކަންތައް ބަލަހައްޓަމުންދާ އެކަކެވެ. އޭނާގެ މުސާރައާ ގުޅޭގޮތުން މިހަރު އެތައް ބައެއްގެ މެދުގައި ވާހަކަދައްކަމުން އެބަދެއެވެ.

އޭނާގެ މުސާރައަކީ އިންޑިއާ ފައިސާ އިން ބަލާނަމަ 1.5 ލައްކަ ރުޕީސްއެވެ. އެ މުސާރަ އޭނާއަށް ހައްގެވެ. އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ އެ ކުއްޖާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އޭނާ ކުރަމުން ދެއެވެ. އެ ފައިސާގެ އިތުުރުން، އިތުރު ގަޑީގެ ފައިސާ އައެކު އޭނާއަށް 1.7 ލައްކަ ބައެއް ފަހަރު ލިބެއެވެ. އަދި ޓައިމޫރް އެކި ގައުމުތަކަށް ކުރާ ދަތުރުތަކުގައިވެސް އޭނާ ބައިވެރި ކުރުވައެވެ.

އޭނާވެފައި ވަނީ ތައިމޫރް އާއި ވަރަށް ގާތް މީހަކަށެވެ. އަދި އޭނާއަށް ހާއްސަ ކާރެއްވެސް ދީފައި އޮވެއެވެ. ތައިމޫރް ގޮވައިގެން ބަންޑްރާގައި ދުއްވަން ދަނީ އެ ކާރުގައެވެ.

ތައިމޫރްގެ ނެނީއަށް އެ ލިބޭ މުސާރައިގެ ސަބަބުން އެތައް ބަޔަކު އެ މުސާރަ ބޭނުންވާ ވާހަކަ ދައްކަމުން ދެއެވެ. އެ މީހުން ތައިމޫރް ބަލަހައްޓަފާނެކަމަށް ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނަލިސްޓް

    މަންމަ އަށް ދަރިފުޅު ނުބެލޭ! ބޮޑު އަގުދީފަ 24 ގަޑި އިރު އެހެން މީހެއްގެ ބެލުމުގެ ދަށުގަ ! ކަރީނާ އަކީ ބޭކާރު މަންމަ އެއް!