ޓޭކް އޮފް ކުރަން ދިޔަ މަތިންދާ ބޯޓުގެ ފަހަތުން ދުވި މީހަކު ހައްޔަރު ކޮށްފިއެވެ.

ޑަބްލިން އެއާޕޯޓުގެ ޓާމިނަލުން ނުކުމެ އުމުރުން 23 އަހަރުގެ ޕެޓްރިކް ކެހޮއި ނަމަކަށް ކިޔާ މީހާ ވަނީ ބޯޓުގެ ފަހަތުން ދުވެ ބޯޓު މަޑު ކުރަން އެދި ޕައިލެޓަށް ގޮވާފައެވެ.

އެއާޕޯޓް ޓާމިނަލުން ހައްޔަރު ކުރި އެމީހާ މި ބޯޓުގެ ފަހަތުން ދުވެފައި ދިޔައީ އެމެރިކާގެ ނިއުޔޯކުގެ އެމްސްޓެޑަމަށް ބޯޓު ނައްްޓާލަން ދަނިކޮށެވެ. ބޯޓުގެ ފަހަތުން ދުވަނިކޮށް އެއާޕޯޓުގެ ފުލުހުން އެމީހާ ހުއްޓުވައި އެވަގުތު ވަނީ ހައްޔަރުކޮއްފައެވެ.

މި ހާދިސާ އާއި ގުޅިގެން މި ބޯޓު ނިސްބަތްވާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްސްޓެޑަމަށް ފުރަން ހަމަޖެހިފައި އޮތް ރަޔަންއެއާގެ ބޯޓުގެ ޗެކިން ކްލޯޒް ކުރި އިރު އަންހެނަކާއި ފިރިހެން ޕަސިންޖަރަކު ގަޑިއަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

އެ އެއާލައިން އިން ބުނި ގޮތުގައި ބޯޑިން ގޭޓުގެ ސްޓާފުންނާ ޒުވާބު ކުރުމަށް ފަހު ފިރިހެން ޕަސިންޖަރު ވަނީ ޓާމިނަލުން ނުކުމެ ބޯޓާ ދިމާލަށް ދުއްވައިގެންފައި ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހާ ކޯޓަށް ހާޒިރު ކުރުމުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނޮވެމްބަރު 8 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރާނެއެވެ. މިއީ މިފަދަ ހާދިސާއެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. ފްލައިޓް މިސްވުމުން މީގެ ކުރިންވެސް ވަނީ މި ބާވަތުގެ ހާދިސާތަށް ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި ހިންގާފައެވެ.