ގިނަ ބަޔަކު ފޮލޯ ކުރާ އެއް މޮޑެލްކަމަށްވާ ކެޓީ ޕްރައިސްގެ ގެއިން ޖިންނި ފެންނަކަމަށް އޭނާ ބުނެފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ފޮޓޯތަކެއް އަޕްލޯޑް ކުރަމުން ކެޓީ ބުނީ، އޭނާ އެ އެއްޗެސް ދެކެ ބިރު ނުގަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ޖިންނިތައް އޭނާގެ ގެއިން އިތުރަށް ފެންނަން ބޭނުން ނުވާކަމަށް ބުންޏެވެ.

https://www.instagram.com/p/Bf_wwr_B3IX/?utm_source=ig_embed&utm_campaign=embed_profile_upsell_test

ބައެއް މީހުންނަކީ މިފަދަ އެއްޗެހި އުޅޭކަމަށް ގަބޫލުނުކުރާ ބައެއް ނަމަވެސް، މި ފޮޓޯތައް ފެނުމުން އެކަން ގަބޫލުކުރެވެއެވެ. މިކަން ބަޔަކު ގަބޫލުނުކޮށްފާނެތީ ފަންޑިތަ ހަދާ މީހަކު މެދުވެރިކޮށް އޭނާ މީސް މީޑިޔާގައި ފޮޓޯތައްް ހިއްސާކުރީއެވެ.

އޭނާ ޕޯސްޓް ކުރި އެއް ފޮޓޯއިން ފެންނަނީ ޖިންނި ކުއްޖެއް ފާރު ކައިރީ ހުރި މަންޒަރެވެ. އިތުރަށް ކެޓީ ބުނީ، އެ ފަންޑީތަ ހަދާ މީހާ ހުއްޓާ ވަރަށް ގިނަ ޖިންނި އެގެއިން ފެނުނު ކަމަށެވެ.

https://www.instagram.com/p/Bf_wN2hBoua/?utm_source=ig_embed&utm_campaign=embed_profile_upsell_test

އޭނާގެ އެ ފޮޓޯތަކެއް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބައެއް ފަރާތްތަކުން އެ ފޮޓޯތަކަކީ މުޅިން ފޭކް ފޮޓޯތަކެއް ކަމެއްކަމަށްވެސް ކޮމެންޓް ކުރަމުން ދިޔައެވެ. އަދި އެއީ މީހުންގެ ސަމާލުކަން ހޯދުމަށް އޭނާ ކުރަމުން އަންނަ މަސައްކަތެއްކަންވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.