ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި އިރާގުގެ ޒުވާން މީސްމީޑިއާ ތަރި ތާރާ ފާރިސް މަރާލައިފިއެވެ.

ތާރާ މަރާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަގްދާދުގައި އޭނާއަށް އަމާޒުކޮށް ސައިކަލެއްގައި ދިޔަ ދެމީހަކު ދިން ބަޑީގެ ހަމަލާއެއްގައެވެ. އެވަގުތު އޭނާ ހުރީ އެބްރިލް އިން ބަޣުދާދަށް ދިއުމުގެ މަގުމަތީގައި އޭނާގެ ކާރުގެ ތެރޭގައި ކަމަށް ވެއެވެ. މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާ އާއި ބެހޭ ގޮތުން އޮފިޝަލުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 22 އަހަރުގެ ތާރާގެ ބައްޕައަކީ އިރާގަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާގެ މަންމައަކީ ލުބުނާން މީހެކެވެ. އެންމެ ފުރަތަމަ އޭނާ އާންމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވަޏި އިރާގުގައި ބޭއްވި ރީތީގެ ރާނީ ހޮވުމުގެ މުބާރާތެއްގެ ތެރެއިން 2015 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ އުޅެމުން ދިޔައީ ޔޫރަޕުގައެވެ.

އޭގެ ފަހުން ގިނަ ބަޔަކަށް ފެނިގެން ދިޔައީ ޔޫޓިއުބު ވީޑިއޯތަކުންނެވެ. އެތައް މިލިއަން ބަޔަކު އޭނާގެ ވީޑިއޯތައް ބަލަމުންދިޔައިރު، އޭނާ ވެފައި ވަނީ ޔޫރަޕުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު މޮޑެލްއަކަށެވެ.

ތާރާއަކީ މުޅި އިރާގުންވެސް ހަވަނައަށް އެންމެ ގިނަ މީހުން ފޮލޯކުރާ މީސްމީޑިއާ ތަރިއެވެ. އޭނާގެ ކުއްލި މަރުގެ ޚަބަރާއި އެކު ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިތާމަވެރި ޝޫޢޫރުތައް ފާޅުކުރަމުންނެވެ.

ތާރާގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލަ އިރާގުގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ބަލަމުންދާއިރު، މިކަމާއި ގުޅިގެން އަދި މީހަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ. ނިރުބަވެރި ގިނަ ހަނގުރާމަވެރި ޖަމާޢަތްތައް ހަރަތާތްތެރިވާ އިރާގުގައު، ތާރާ މަރާލި ހާދިސާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުންވެސް ނަގާފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ކުރިން އެފަދަ ޖަމާޢަތްތަކުން މަރުގެ އިންޒާރު ލިބެމުންދިޔަ ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދެން ނަރަކައިގަ މޮޑެލް ކުރާތި

  2. އަހުމަދު

    الحمد لله

  3. ނަަންް

    ތުބުޅިންނަކަށް އަންހެނެއްގެ ރީތިކަން ބަލާކަށް ކެތެއް ނުކުރެވޭނެ. އެވަރު ނޭގޭ ވިއްޔަ.

    • ޔޮޔޮ

      ތި ކެތް ކުރެވޭ މީހުން ދޯ އިންޑިއާގެ ރޭޕް ކޭސް ތައް ހިންގަނީ.